50 މީޓަރ ފްރީސްޓައިލް އިވެންޓް ގައުމީ ރެކޯޑް އާން އައުކޮށްފި
ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ 'ޕެރިސް އޮލިމްޕިކްސް 2024' ގައި ރާއްޖޭގެ ޒުވާން ފެތުންތެރިޔާ މުހައްމަދު އާން ހުސައިން 50 މީޓަރ ފްރީސްޓައިލްގެ ގައުމީ ރެކޯޑް އައު ކޮށްފިއެވެ.
މުބާރާތުގައި އާން ވާދަކުރި ފިރިހެނުންގެ 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ހީޓުން ތިންވަނަ އޭނާ ހޯދިއިރު، އާން ގައުމީ ރެކޯޑް އާކޮށްފައި ވަނީ 00:24.22 އިން ރޭސް ނިންމައިގެންނެވެ.
މި ރެކޯޑް ކުރިންވެސް އޮތީ އާން އަތުގައެވެ. އެއީ، މޭ މަހު ކުރިއަށްދިޔަ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި 00:24.28 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
އޮލިމްޕިކްސްގައި އާންއާއެކު ރާއްޖެ ތަމްސީލް ކުރާ ދެވަނަ އެތްލީޓަކީ އާއިޝަތު އުލްޔާ ޝާއިގްއެވެ. އުލްޔާގެ އިވެންޓް އޮތީ ހޮނިހިރު ދުވަހުއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް