ޔުއޭފާ ނޭޝަންސް ލީގުގައި ފްރާންސްއިން ޖާމަނީ ބަލިކޮށްލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ގްރިޒްމަން ޖަހައިދިން ދެ ލަނޑާއެކު ދުނިޔޭގެ ޗެންޕިއަން ފްރާންސްއިން ޖާމަނީ ބަލިކޮށްފިއެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ ޖަރުމަނުންނެވެ. އެއީ ފްރާންސްގެ ޑިފެންޑަރު ޕްރެންސެލް ކިމްޕެމްބޭ އެޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅައިގަ އަތް ލުމުގެ ސަބަބުން ލިބުނު ޕެނަލްޓީއަކުންނެވެ. ޖަރުމަނުގެ ޕެނަލްޓީ ގޯލަށް ވައްދާލަދިނީ ޓޯނީ ކުރޫސެވެ.
މެޗުގެ ފުރަތަމަ ހާފް މި ނަތީޖައި އޮވެ ނިމުނު އިރު ދެވަނަ ހާފު ކުޅެން ފަށައި މެޗުގެ ނަތީޖާ ފްރާންސްއަށް އެއްވަރު ކޮށްދިނީ އެޓީމުގެ ހުނަރުވެރި ސްޓްރައިކަރު ގިރިޒްމަނެވެ.
މެޗުގެ ތިންވަނަ ލަނޑު އަދި ފްރާންސް މޮޅުވި ލަނޑުވެސް ޖަހައިދިނީ ގްރިޒްމަންއެވެ. އެއީ ޖަރުމަނު ޕެނަލްޓީ އޭރިއާތެރެއިން ޕްރާންސްގެ މަޓުއީޑީއަށް ކުރި ފައުލާކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.
ނޭޝަންސް ލީގުގެ މި ގުރޫޕުގެ އެއްވަނައިގަ ޕްރާންސް އޮތް އިރު ޖަރުމަނުން އޮތީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ ގުރޫޕުގެ ފުލުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް