ފިޔޯރީން ގެއްލުނު ކުޑަކުއްޖާގެ އިތުރު ޓެސްޓްތަކެއް ހެދުމަށް ތިނަދޫއަށް ގެންގޮސްފި
ގދ. ފިޔޯރީ އިން އިއްޔެ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު 8 އަހަރުގެ ކުޑަކުއްޖާގެ އިތުރު ޓެސްޓްތަކެއް ހެދުމަށް ގދ.ތިނަދޫ އަށް ގެންގޮސްފިއެވެ.
އިއްޔެ ހަވީރުުން ފެށިގެން އާއިލާއިން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނުނީ ދިރިއުޅޭ ގެއާ ކައިރި ހިސާބެއްގައި ހޭނެތިފައި އޮއްވައެވެ. ފުލުހުން ބުނީ، ކުއްޖާ ފެނުނުއިރު، ހީކަރުވާ، ވަރުދެރަވެފައި ހުރުމުން ފިޔޯރީ ހެލްތު ސެންޓަރަށް ގެންދެވުނު ކަމަށެވެ. އެހެންނަމަވެސް މިހާރު ކުއްޖާގެ ޕަލްސް ވެސް ހާލު ރަނގަޅުކަމަށް މަޢުލޫމާތު ލިބެއެވެ.
އެހެންނަމަވެސް، ކުޑަކުއްޖަކު ގެއްލުމަށްފަހު ނުފެނި ގިނައިރު ވުމުން، ކުއްޖާގެ ހާލަތު އިތުރަށް ދެނެގަތުމަށް ބައެއް ޓެސްޓްތައް ހެދުމަށް ޑޮކްޓަރ ލަފާދީފައިވާތީ އެ ޓެސްޓްތައް ހެދުމަށް އެ ކުއްޖާ ގދ.ތިނަދޫގައި ހުންނަ ޑރ.އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މިހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް