ކެމްޕެއިންއަށް ރައީސް މައުމޫނަށް 29 މިލިޔަން ރުފިޔާ ދިނިން: ޖާބިރު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ނިމިދިޔަ ރިޔާސީ އިންތިހާބުގަައި ކާމިޔާބީ ހާސިލްކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 29 މިލިޔަން ރުފިޔާ ދިންކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާގެ އެންވޯއީކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާާޅުވީ އެބޭފުޅާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޖާބިރު ވިދާޅުވީ، އެބޭފުޅާގެ އަނބިކަނބަލުން އަލްއުސްތާޛާ ދިޔާނާ ސައީދަކީ އެމްޑީޕީގެ ފަރާތުން އަންނަ އަހަރު ވިލިނގިލި ނުވަތަ ކޮލަމާފުށީގެ މަޖިލިސް ގޮނޑީގައި އިންނަވާނެ ކަމަނާ ކަމާއި މެދު އިތުބާރުކުރައްވާ ކަމަށެވެ. އަދި މިކަމުގައި ރައީސް މައުމޫނަކީ ހުރަހަކަށް ވެވަޑައިނުގަންނަވާނެކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.
ޖާބިރު ވަނީ ކުރީގެ ރައީސް މައުމޫނަށް ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެމްޑީޕީގެ ކޯލިޝަނަށް ކާމިޔާބީ ހޯދައިދިނުމަށް، 29 މިލިޔަން ރުފިޔާ ދެއްވާފައިވާކަމަށްވެސް އިއުތިރާފުވެލައްވާފައެވެ.
ޖާބިރު ވަނީ އަންނަ މަޖިލިސް އިންތިހާބުގެ ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އިއުލާންކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް