ރައީސް ނަޝީދާއި ކާނަލް ނާޒިމް ބައްދަލުކުރައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރ އަދި ޖޭޕީގެ ލީޑަރގެ އެޑްވައިޒަރު، ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ބައްދަލުކުރައްވައިފިއެވެ.
މިދެބޭފުޅުން މިއަދު ބައްދަލުކުރައްވާފައިވަނީ އެމްޑީޕީގެ އޮފީހުގައެވެ.
މި ބައްދަލުވުމަށްފަހު ކާނަލް ނާޒިމް ކުރެއްވި ޓްވީޓެއްގައިވަނީ ރައީސް ނަޝީދާއި ބައްދަލުވާން ލިބުމުން އުފާވެލައްވާކަމަށާއި، ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކޮށްފައިވާކަމަށެވެ.
ކާނަލް ނާޒިމްވަނީ އަންނަ އަހަރުގެ މަޖިލިސް އިންތިޚާބަށް ކުރިމަތިލައްވާނެކަމަށް ވިދާޅުވެފައެވެ. ނާޒިމް އާާއި ރައީސް ނަޝީދު ބައްދަލުކުރުމުން، މީސް މީޑިޔާގައި ގިނަ ބަޔަކުދަނީ އެކަމަށް ފާޑުކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް