ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ހުވަދޫ މަސްވެރިންނާ ބައްދަލުކުރައްވަނީ
ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ހުވަދޫ މަސްވެރިންނާ ބައްދަލުކުރައްވަނީ
ހަބަރު 22 Feb 2024 | 05:37

އިހްތިޖާޖްކުރާ ހުވަދޫ މަސްވެރިންނަށް އޮތް ފިލާވަޅެއް!

ރައީސް މައުމޫން ރާއްޖޭގައި ކުރަމުން އައި ވެރިކަން ނިމުމަކަށް ގެނައުމަށް އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީން މުޅި ރާއްޖޭގައި އުފައްދައި ފަތުރަމުންދިޔަ ރައްޔިތުން މައުމޫނާއި އިދިކޮޅު ވެގަތުމުގެ ރޫހް ރާއްޖެތެރޭގައި އެހެން ލެވެލަކަށް ގެންގޮސްދިނީ ހއ ދިއްދޫ ރައްޔިތުންނެވެ. 
މާލޭގައި ރައީސް މައުމޫނާއި ދެކޮޅަށް އެމްޑީޕީން މުޒާހަރާކުރަމުން ގެންދަނިކޮށް އެއްދުވަހެއްގައި މާލެ ސިއްސުވައިލި ޚަބަރަކީ ދިއްދޫރައްޔިތުން ގަދައަށް މަސްބާނައިގެން އައިސް އަތޮޅުވެރިޔާ ހުންނެވި އަތޮޅު އޮފީސް ކުރިމައްޗަށް އެމީހުން މަސްތައް އަޅައިލި ވާހަކައެވެ. އެޚަބަރު އިވުމާއެކު އެމްޑީޕީގެ ލީޑަރ ޝިޕުން އިބްރާހީމް ހުސައިން ޒަކީމެންފަދަ ބޭފުޅުން ދިއްދުއަށް ވަޑައިގެން ދިއްދޫ މަސްވެރިންގެ ހިތްވަރުގަދަ އަމަލަށް ވަރަށް ތާރީފުކޮށް މަރްހަބާ ކިޔައި ހެދިއެވެ. 
އޭގެ ދުވަސްކޮޅެއްފަހުން ދިއްދޫގެ މަސްވެރިކަން ދަށްވަމުން ދަށްވަމުންގޮސް މިހާރު އެއީ މަސްވެރި ރަށެކޭ ބުނާ ބަޔަކުވެސް އުޅޭނެހެންނެއް ހިޔެއް ނުވެއެވެ. މީހުން ކިޔާގޮތުން ﷲ ދެއްވި ރޯއްޖަށް ފުރަގަސްދީ އުކައިލުމުން އެކަމުގެ ސުންޕާކަން އެހިސާބުގަނޑުގެ މަސްވެރިކަމަށް ޖެހުނީއެވެ. އުތުރުގައި މަސްގަތުމަށް ޤާސިމް އިބްރާހީމް އުފެއްދި މުޅި މިސަރަހައްދުގައިވެސް އެންމެ ފެންވަރު މަތީ މަސްފެކްޓްރީއަށް ގަންނާނެ މަސްކޮޅެއް ނުލިބި ތަޅުއެޅުވި ގޮތަށް އެފެކްޓްރީ އަދިވެސް ހުރީ ބަންދުކޮށްފައެވެ. އަނެއް ބަޔަކު ބުނަނީ މައުމޫން ވައްޓައިލާން ދިއްދޫމީހުން ރޯއްޖަށް ފުރަގަސްދިނުމުން މައުމޫން ވެއްޓިގެންދިޔައިރު ދިއްދޫގެ މަސްވެރިކަން ވެސް ވެއްޓުނީއެވެ. އެއީ ކަރާމަތެކެވެ.

މާކުރީގައިވެސް މިބާވަތުގެ ކަންކަން ހިގާފައި ހުރެއެވެ.

މާލެއާއި ކައިރީގައި އޮތް ވިލިގިއްޔަކީ ކުރީޒަމާނުގައި މީހުން ދިރިއުޅުނު ރަށެކެވެ. އެރަށު މަސްވެރިން އެއްދުވަހަކު ކަނޑުވެފއި އޮތް ރާއްޖޭގެ ކޮންމެވެސް ރަސްކަލަކު ސަލާމަތަށް އެދި އާދޭސްކުރުމުން އަޅައިނުލައި ދިއުމުން އެރަސްގެފާނުގެ ކަރާމަތުން ވިލިގިލީގެ މަސްވެރިކަމަށް ސުންޕާކަމެއް ޖެހި އޭގެފަހުން އެރަށަށް މަސްނުބާނައި އޮއްވައި ރަށްފަޅުކުރީއެވެ. މިހިރީ މިހިރީ އެވޭލާ ޒަމާނާއި މިޒާމާނުގެ ވާހަކަތަކެވެ.

ފިޝަރީޒް މިނިސްޓަރ ކޫއްޑޫ ހިސާރުކޮށްގެންތިބި ހުވަދުއަތޮޅު މަސްވެރިންނާއި ބައްދަލުކުރައްވާފައި ވިދާޅުވާން ކެރިވަޑައިނުގަތަސް ވޮއިސްއަށް އެގިފައިވާގޮތުގައި ނަގާކިޔަންތިބި ބައެއް އުޅަނދުތަކަކީ އެމްޑީޕީގެ ފިކުރުގައި ހަރަކާތްތެރިވާ މަސްވެރިންނެވެ. އެމްޑީޕީއަކީ ކަނޑުމައްޗަށް ނުހަނު ފަރިތަބައެކެވެ. އަބްދުﷲ ޔާމީންގެ ރައީސްކަމުގައި ސައޫދީއަރަބިއްޔާގެ ސަލްމާން ރަސްގެފާނު ރާއްޖެއަށް ކުރައްވަން އޮތް ދަތުރުފުޅެއް ހުއްޓުވައިލީ އެމްޑީޕީގެ ހިއްވަރުގަދަ ފަހުލަވާނުން ހުޅުލެއާއިދިމާއިން އޮޑިއޮޑިފަހަރުގައި ކަނޑުމައްޗަށް ނުކުމެ ކުރި މުޒާހަރާއިންނެވެ. އެއީ ފ އަތޮޅު ގަތުމަށް ވަޑައިގަންނަވާ ދަތުރުފުޅެއް ކަމަށް އަޑުފެތުރުނެވެ. ކަނޑުމަތީގެ މުޒާހަރާއިން ރަސްގެފާނު ބިރުފުޅުން ރޯގާ އާލާސްކަންފުޅެއް ޖެހިވަޑައިގެންކަމަށް ވިދާޅުވެ ރާއްޖެއާއި ކައިރިނުވެ އަނބުރައި ވަޑައިގެންނެވީއެވެ. އޭގެފަހަކުން ސައޫދީ ވެރިޔަކު ރާއްޖެއަށް އަދި ވަޑައިނުގަންނަވައެވެ. ފ އަތޮޅާއިބެހޭގޮތުން ފެތުރި ޚަބަރުތަކުގެ ހިރަފުސްއޮބި ހަމަހިމޭންވިއިރު އެއަތޮޅުގެ ރައްޔިތުންނަށްވީ ސުންޕާ ޚަބަރަކަށެވެ. އެއަތޮޅަށް އަންނަން އޮތް ތަރައްގީގެ ނުހަނުބިޔަ ބޮޑު މަޝްރޫއެއް ގެއްލިގެންދިޔަގޮތުގެ މައްޗަށް މިއަދުވެސް އެއަތޮޅު ރައްޔިތުން ހިތާމަކުރެއެވެ. އެއީ އިއްޔެއެވެ. ރާއްޖޭގައި ހިންގަން އުޅުނު ބޮޑު މަޝްރޫއު ސައޫދީ އަރަބިއްޔާގެ ރަތްކަނޑުގައި އޮތް ކުޑަރަށެއްގައި އެއޮތް ހަދައި ނިމެނީއެވެ. ދުނިޔޭގައި އެވަރުގެ ތަނެއް ނޯންނާނެކަމަށް ޚަބަރުތަކުގައި ލިޔެފައި ހުރެއެވެ.

ދައުލަތުގެ ދަރަނި ބިލްތައް އެހެރީ ގޯނިގޯންޏަށް

ރާއްޖޭގައި ޒަމާނުއްސުރެ މަސްވެރިކަމަށް އެންމެ ތަނަވަސް ސރަހައްދަކީ ހުވަދުއަތޮޅެވެ. ރައްޔިތުންގެ މަޖިލީހުގެތެރެއިން މިހާރުގެ ރައީސް މުހައްމަދު މުއިއްޒު އަޒުލުކުރުމަށް އެމްޑީޕީން ތައްޔާރުވާން ފެށުމާއެކު ހުވަދުއަތޮޅު މަސްވެރިން އެތިބީ މުޒާހަރާއަށް ނުކުމެއެވެ. ދިއްދޫ މަސްވެރިން ފަދައިންނެވެ. ހުވަދޫ މަސްވެރިން އެތިބީ ރާއްޖޭގެ ހުރި އެންމެ ބޮޑު މަސްފެކްޓްރީ ބަންދުކޮށްގެންނެވެ. މަސްވެރި ލަވައެއްގައި ކިޔާގޮތަށް ބޭނި މަސްކޮޅުދީ ކިރާލައި ވަގުތުން ފައިސާ ނުދީގެންނެވެ. އެމީހުންގެ ބިލްތަކަށް ސަރުކާރުން ފައިސާނުދީ އެހެން ބަޔަކަށް އެފެކްޓްރީއަށް މަސްކިރުވިޔަ ނުދޭން އެތާ ތިބެގެން ހުވައިކުރެތެވެ. މިހިނދު އަސްލު މަސްވެރިންނަށް މިހާލު ޖެއްސި މީހުން މަސްވެރިންގެހައްގުގައި މިއަދު ވަކާލާތުކުރާތަން ފެނުނީމާ ދެން ބުނާނީވެސް ކީކޭހެއްޔެވެ.

މިއީ އަކީ އަލަށް މަސްވެރިންނަށް ޖެހިގެން އުޅޭ ކަމެއްވެސް ނޫނެވެ. މަސްވެރިންގެ މަސްގަނެފައި ލާރީގެ ބަދަލުގައި ބިލްކޮޅެއްދޭތާ ފަސް އަހަރަށްވުރެ ގިނަވެއްޖެއެވެ. ވެރިކަން ބަދަލުވުމުން މިހާރުދެން ކެތްތެރިކަން ކޮޅުންލައިގެން ދިޔައީކަމަށް ވެއެވެ. އެކަމަކު އާ ރައީސް އެވިދާޅުވީވެސް އެއްޗެކެވެ. ދައުލަތުގައި ނެތްފައިސާއެއް ދޭނީވަކި ކޮންތާކުންހެއްޔެވެ. ދެން އެހެންވެއްޖިއްޔާ ދައުލަތުގެ 30 ބިލިޔަން ރުފިޔާގެ ބަޖެޓް އެވަންނަނީ ކޮންތާކަށްހެއްޔެވެ.

ހުވަދުއަތޮޅުން މުޒާހަރާއަށް ނުކުމެ ތިބި މަސްވެރިން ހީކުރަނީ ދައުލަތުން ލާރި ނުދީގެން އުޅެނީ ހަމައެކަނި މަސްވެރިންނަށް އެކަނި ކަމަށެވެ. ލޯން ޑިފޯލްޓްވެގެން ބަގްރޫޓްވަނީ މަސްވެރިން އެކަނި ކަމަށެވެ. އެކަމަކު ވޭތުވެދިޔަ ސަރުކާރު ފައިބައިގެންދިޔައިރު މިފްކޯ އެކަންޏެއްނޫނެވެ. އެކިކުންފުނިތައް ލައްވައި ސަރުކާރުން މަސައްކަތް ކުރުވާފައި ފައިސާ ނުދައްކައި ހުރި ބިލްތައް ގޯނިގޯނީގައި ބަސްތާ ބަސްތާއަށް ފިނޭންސް މިނިސްޓްރީގައި ޖެހޭހާ ބިލްތައް ގިނައެވެ. ފެނަކައިން މަސައްކަތްކުރުވި އެތައް ކުންފުންޏެއް ބަގްރޫޓްވެއްޖެއެވެ. ރޯޑްކޯޕަރޭޝަނެއް އެހެން ކުންފުންޏެއް ކިޔާނެ ކަމެއް ނެތެވެ. ނުދަރައި އޮތް ކުންފުންޏެއް ނެތެވެ. 2012 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ފައިބައިގެންދިޔަ އިރު ހުރިވަރަށް ފައިސާނުދައްކާ ބިލްތައް އެބަހުއްޓެވެ. ބޭރުގެ ދަރަނި 120 ބިލިޔަނަށް އަރުވާފައި ވެއެވެ. އާ ސަރުކާރަށް ޖެހުނީ އެންމެފުރަތަމައިނުންވެސް އިންޑިއާއަށް ދިވެހިރާއްޖެ ދަރުވާލާފައި އޮތް ބޮޑު ދަރަނި ޚަލާސްކުރެވޭތޯ ބެލުމެވެ. މިއީ ވަހީދު ވެރިކަމުގައިވެސް ހަމަޖެހުނުތަނެވެ.

މިދަނޑިވަޅުގައި ހިލުވައިލުމެއް ހުލުވައިލަފިއްޔާ ކުރިއަށް އޮތް އިންތިޚާބުގައި ގެއްލުންވާނެތީ ސަރުކާރަށް މަޖްބޫރުވާނީ ނުފޯރާފޮތުން ފޫގަޅައިގެންވިޔަސް ނޫނީ އުއްޗު އަތްޕުޅުން ދަރަންޏަށް ނަގައިގެންވިޔަސް މަސްވެރިންގެ ދަރަނި އަދާކުރަންކަން މަސްވެރިންނަށް އެނގެއެވެ. މިކަންކުރާގޮތުންނާއި ގެންގުޅޭ ހުތުރުބަހުރުވައިން މިއީ ދިއްދޫ މަސްވެރިންނަށް ޖެހުނުފަދަ ކަމެއް ޖެހިގެން އުޅެނީހެންވެސް ހީވެއެވެ.

ސަރުކާރުން މިހާރު ކުރަންވީ ކަމަކީ ޓޫރިޒަމް އިންޑަސްޓްރީ ކުރިއެރުވިގޮތަށް މަސްވެރިން އަމިއްލައަށް އުޅެން ދޫކޮށްލުމެވެ. މާސިންގާ ކަނޑުއޮތީއެވެ. މަސްވެރިން މަހަށް ނުކުމެ ބާނަންޏާ ބާނައިގެން ވިއްކަންޏާ ގަންނަންތިބި ބަޔަކަށް ވިއްކައިގެން އެކްސްޕޯޓްކުރާބަޔަކު ތިބިއްޔާ އެކްސްޕޯޓްކޮށްގެން އުޅެފާނެނޫންހެއްޔެވެ. އެކަމަކު އެކަންވެސް ކުރާނީ ކިހިނެތްހެއްޔެވެ. ވެރިކަމުން ފައިބައިގެން ދިޔައިރު މަސްވެރިންނަށް ހަމަ އަގުދިނުމުގެ ނަމުގައި ކިލޯއެއް 25 ރުފިޔާއަށް ޖެއްސި ޖެއްސީނުން މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޕްރައިވެޓް ކުންފުނިތައް އެއޮތީ ބަގްރޫޓްކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 
02 Nov 2026 ހަބަރު

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 

އެޗްޑީސީން ބުނީ މިއަދުން ފެށިގެން އެ ބިން އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި
02 Nov 2026 ހަބަރު

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި

މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ލިވްއަބޯޑުން ޑައިވިންއަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ޓީމުގެ މެންބަރުންގެ ލިޔުންތަކާއި ބަޔާންތައް ހޯދައި މައްސަލަ އޮޅުންފިލުވާފައިވާ ކަމަށެވެ. އޭޖެންސީން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
02 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި

އެމްޕީއެލް އިން އާންމުކޮށްފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،958 ކޮންޓެއިނަރު ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1،472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓް ހިމެނެއެވެ.

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ
02 Nov 2026 ހަބަރު

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ

އެމްޑަބްލިއުއެސްސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.