ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ ރަކީދޫ އަށް
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިދިޔަ 24 ގަޑިއިރުތެރޭ ގައި އެންމެ ގިނައިން ވާރޭވެހުނީ ވ.ރަކީދޫ އަށް ކަމަށް މުސުމާ ބެހޭއިދާރާއިން ބުނެފިއެވެ.
އެގޮތުން ވ.ރަކީދޫއަށް ވަނީ 18.0 މިލިމީޓަރުގެ ވާރޭވެހިފައެވެ.
ދެން އެންމެ ބޯކޮށް މިދިޔަ 24 ގަޑިއިރުތެރޭ ވާރޭވެހުނީ އދ.މާމިގިލި އަށް ށެވެ. އެރަށަށް 17.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓު އެފީހުން ހާމަކޮށްފައިވެއެވެ.

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ގުގުރާނޫކަމަށް ލަފާކޮށް މެޓް އޮފީބުން މިއަދު ވަނީ 6:15 އިން 12:00 ކ.އަތޮޅުން ފެށިގެން އައްޑު ސިޓީ އަށް ހުދު ސަމާލުނެރެފައެވެ.
އަދި ބޯކޮށް ވާރޭވެހުމާއެކު ގުގުތުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޫލަށް ވައި ގަދަވާނޭކަމަށްވެސް މެޓް އޮފީހުންވަނީ ލަފާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް