ގެރިކަތިލާ މީހުން މަރާތީ ކަންބޮޑުވަން: ނަސީރުއްދީން ޝާހް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންޑިޔާގައި ގެރިކަތިލާ މީހުން މަރައި ހަދާތީ ކަންބޮޑުވާކަމަށް މަޝްހޫރު އެކްޓަރ ނަސީރުއްދީން ޝާހް ބުނެފިއެވެ.
ނަސީރުއްދީން މިހެން ބުނީ އިންޑިޔާގެ ޔޫޓިއުބް ޗެނަލަކަށްދިން ބަސްދީގަތުމެއްގައެވެ.
ނަސީރުއްދީން ބުނީ އިންޑިޔާގައި އިންސާނެއްގެ ފުރާނައަށްވުރެ ގެރީގެ ފުރާނަ މުހިންމުކަމަށް ބުނެފައެވެ.
ނަސީރުއްދީން މިގޮތަށް އިޝާރާތްކޮށްފައިވަނީ މިމަހުގެ ތިންވަނަ ދުވަހު އިންޑިޔާގައި ގެރިއެއް ކަތިލި މައްސަލައިގައި އުފެދުނު ހަމަނުޖެހުންތަކުގައި ފުލުހަކާއި އާންމުންގެ މީހެއް މަރުވި މައްސަލައަށެވެ.
އޭނާ އިތުރަށްބުނީ އޭނާގެ ދަރިންނަށް ދީން ވަކިން ނުކިޔަވައިދޭ ކަމަށާއި، އެހެންކަމުން ދީނުގެ ނަމުގައި އެކުދިންނަށް ދީފާނެ ގެއްލުމަކަށް ބިރުގަންނަކަމަށެވެ.
ނަސީރުއްދީން ބަޔާންކުރި ގޮތުގައި އިންޑިޔާގެ މުޖުތަމައުއަށް ފެތުރިފައިވާ ގެރިކަތިލާ މީހުން މެރުމުގެ ޒަހަރު އަނބުރާ ފުޅިއަށްލުމަކީ ދަތިވާނެ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް