އައްޑޫ ސިޓީ
އައްޑޫ ސިޓީ
ހަބަރު 25 Mar 2026 | 12:56

ދިރާސާތަކަށްފަހު ނިންމީ އައްޑޫ -ހިތަދޫ ހުޅުމީދޫ ބްރިޖަކުން ގުޅުވާލަން

ނަން މަޝްހޫރު ޓީވައިލިން އާއި ހަވާލުކޮށްގެން އައްޑޫ-ހިތަޑޫ ހުޅުމީދޫ ގުޅުވައިލުމަށް ކުރި ދިރާސާތަކަށްފަހު، އައްޑޫ-ހިތަދޫ ހުޅުމީދޫ ބްރިޖަކުން ގުޅުވައިލުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗަރ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އައްޑޫ-ހިތަދޫ ހުޅުމީދޫ ގުޅުވައިލުމަށްޓަކައި މައިގަނޑު 2 ގޮތެއް ދިރާސާ ކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީއިން އެކްސްގައި ކުރި ޕޯސްޓް

ޓީވައިލިން އިން ކުރި ދިރާސާތަކުން ހުރިހާ ގޮތަކުން އެންމެ ރަނގަޅީ ބްރިޖު ކަނެކްޝަނަކުން ގުޅުވައިލުން ކަން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ބްރިޖު އެޅުމަށް މައިގަނޑު 3 ރޫޓެއް ދިރާސާކޮށްފައިވެއެވެ. ހުރިހާ ރޫޓެއް ދިރާސާކޮށް އެންމެ ރަނގަޅު ރޫޓަކީ 4 ބްރިޖު ކްރޮސިން ހުންނަ ރޫޓު ކަމަށް މިނިސްޓްރީއިން ބުނެއެވެ.

އަދި އެކިއެކި ބްރިޖު ޑިޒައިންތައް ޓީވައިނިލް ދިރާސާކުރަމުންދާ ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެއީ، ފްލޯޓިން ބްރިޖު، ކޮންޓިނުއަސް ރިޖެޓް ފްރޭމް ގާޑަރ ބްރިޖު، އަދި ކޭބަލް ސްޓޭޑް ބްރިޖެވެ. މި ބްރިޖުތަކުގެ ތެރެއިން ސުޕަ ސްޓްރަކްޗަރ އަދި ސަބް ސްޓްރަކްޗަރ އެންމެ ރަނގަޅު ބްރިޖު ޓީވައިލިން އިން ދަނީ ދިރާސާކޮށް ހޯދަމުންނެވެ.

އައްޑޫ-ހިތަދޫ ހުލުމީދޫ ކޮންސެޕްޓް ބްރިޖު މިހާރުވަނީ ތައްޔާރުކޮށްފައި ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި މި އަންނަ މަހަށް ޖިއޯ-ޓެކްނިކަލް މަސައްކަތްތައް ނިމޭނެކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައިޖީއެމްއެޗް ކުރިމަތީގައި ކޮންސްޓްރަކްޝަން މަސައްކަތް ހިނގަމުންދިޔަ އިމާރާތެއްގެ ބައެއް ވެއްޓިއްޖެ
23 Nov 2026 ހަބަރު

އައިޖީއެމްއެޗް ކުރިމަތީގައި ކޮންސްޓްރަކްޝަން މަސައްކަތް ހިނގަމުންދިޔަ އިމާރާތެއްގެ ބައެއް ވެއްޓިއްޖެ

ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ އިމާރާތުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ޕޭމަންޓް މަތީގައި ބަހައްޓާފައި ހުރި ބައެއް ވަނީ އެތަނަށް ވެއްޓިފައެވެ. އަދި އެ ވީޑިއޯގައި މީހަކަށް އަނިޔާވެގެން ބިންމަތީގައި ހުރި މަންޒަރުވެސް ފެނެއެވެ.

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.

އައްޑޫ އަދި ފުވައްމުލައް ސިޓީގައި އެމް.ޑަބްލިޔު.އެސް.ސީ ގެ ޚާއްޞަ ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް ފަށައިފި
05 Nov 2026 ހަބަރު

އައްޑޫ އަދި ފުވައްމުލައް ސިޓީގައި އެމް.ޑަބްލިޔު.އެސް.ސީ ގެ ޚާއްޞަ ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް ފަށައިފި

މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ޚާއްޞަ ކެމްޕޭނެއް އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ފަށައިފިއެވެ.

އައްޑޫން މާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ރަސްމާލެ ފަރަށް އަރައިފި
01 Nov 2026 ހަބަރު

އައްޑޫން މާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ރަސްމާލެ ފަރަށް އަރައިފި

އައްޑޫ ސިޓީ ހިތަދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް، ރަސްމާލޭގެ ފަރަށް އަރައިފިއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ރޭ 11:15 ހާއިރު ކަމަށެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ކުންފުންޏަށް މިދިޔަ، ދެ އަހަރުވެސް ގެއްލުން
26 Oct 2026 ހަބަރު

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ކުންފުންޏަށް މިދިޔަ، ދެ އަހަރުވެސް ގެއްލުން

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ 2025 ވަނަ އަހަރުގެ މާލީ ބަޔާނާ ގުޅޭގޮތުން ނެރެފައިވާ ރިޕޯޓްގައި ވާގޮތުން މިދިޔަ އަހަރު އެކުންފުންޏަށް ވަނީ 68.7 މިލިއަން ރުފިޔާ ގެއްލުން ވެފައެވެ.