މެޖިސްޓްރޭޓް ނިހާން މިނިވަންވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރުމަށް، ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލައިގައި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން 17 އަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ހައި ކޯޓުން ބާތިލް ކޮށްފިއެވެ.
މި ހުކުމް ހައިކޯޓުން ބާތިލްކޮށްފައިވަނީ، މި މައްސަލައިގެ އިސްތިއުނާފު ނިހާާންގެ ފަރާތުން ހައިކޯޓަށް ހުށައެޅުމުން މައްސަލައާއި ބެހޭގޮތުން މިއަދު ނެރުނު ހުކުމެއްގައެވެ. ހުކުމްގައި ފާހަގަކޮށްފައިވާ ގޮތުން ކްރިމިނަލް ކޯޓުގައި މައްސަލަ ހިންގާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލްތަކާ ހިލާފަށެވެ.
މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާާފައިވަނީ ހައިކޯޓުގެ ފަނޑިޔާރު އަބްދުލްރައޫފު އިބްރާހީމެވެ. ތިން ފަނޑިޔާރުންގެ ބެންޗަކުން ބެލި މި މައްސަލައިގައި ދެން ހިމެނެނީ ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު އަލީ ސަމީރެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނިހާން ހުންނެވީ މިވަގުތު ގޭބަންދުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް