ޓެކްސީތަކުގެ އަގު ބަލާ ޗެކްކުރުން ހުއްޓާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މާލެއިން ހުޅުލެއާއި ހުޅުމާލެއާއި ދެމެދު ދަތުރުކުރާ ޓެކްސީތައް ހުއްޓުވާ އަގު ޗެކްކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
މިގޮތަށް އަމަލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާފައިވަނީ ޓެކްސީ ޑްރައިވަރުން މިއަދު ކުރި ހަަޅުތާލަށްފަހު، މިނިސްޓަރ އައިޝަތު ނަހުލާ އެފަރާތްތަކާއި ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.
މިނިސްޓްރީން ބުނީ ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގެ ޝުއޫރުތައް އަޑުއެހުމަށްފަހު މިނިސްޓަރު ނަހުލާގެ ނިންމަވާފައި ވަނީ ކުރިން ހުރި އަގުތައް ރިވިއު ކޮށް ރަސްމީ އަގުތަކެއް ނެރެވެންދެން އަގުބޮޑުކޮށް ކުރާ ދަތުރުތަކާ ގުޅިގެން ފިޔަވަޅު އެޅުން ހުއްޓާލުމަށެވެ.
ފާާހަގަކޮށްލެވޭގޮތުގައި މާލެއިން ހުޅުމާލެއާއި ހުޅުލެއަށް ޓެކްސީކުރުން މިއަދުވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ. ދަތުރުކުރުން ހުއްޓާލާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ޓެކްސީދަތުރުތަކުގެ އަގާއި މެދު ހިތްހަމަ ނުޖެހިގެންނެވެ.
ޓެކްސީ ޑްރައިވަރުން ބުނިގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން އަގުތައް ކަނޑައަޅާފައިވާ މިންވަރަކީ ހަގީގަތުގައި ކުޑަ އަދަދެކެވެ. އަދި މިހާރުގެ އަގުން ޓެކްސީ ދަތުރަށްފަހު ޕެޓްރޯލްގެ ހަރަދު ހޯދެނީ ކިރިޔާކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.
ސިނަމާލެ ބްރިޖް ހުރަސްކޮށް ހުޅުލެއަށް ދަތުރު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސާފައި ވަނީ 35ރ. އެވެ. ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރު ކުރާ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 40ރ. އެވެ. ނަމަވެސް ޓެކްސީ ޑްރައިވަރުން ދަނީ ހުޅުމާލެ ކޮޅަކަށް 100 ރުފިޔާ ޗާޖުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް