ތަހްގީގީ ރިޕޯޓްތަކުން ދެއްކީ ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވީ ކަރަންޓް މައްސަލައަކުންކަމަށް: ފުލުހުން
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހައުސިން މިނިސްޓްރީ އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކަރަންޓް މައްސަލަޔަކުން ކަން ތަހްގީގީ ރިޕޯޓްތަކުން ދައްކާކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު ވިދާޅުވީ ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާ ތަހްގީގްކުރި ކުރުމުން އެއީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއްކަން ތަހްގީގްތަކުން ނުދައްކާކަމަށެވެ. އަލިފާނުގެ މި ހާދިސާ ދެ ފަރާތަކުން ތަހްގީގްކުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އެއީ މި ހާދިސާގެ ކަންކަމުގައި އެހީވުމަށް އައި އިންޑިއާގެ ޓީމްގެ އިތުރުން ފުލުހުންގެ ޓީމެވެ.
އިންޑިއާ ޓީމުން ތައްޔާރުކުރި ތަހްގީގީ ރިޕޯޓުން ދެއްކީ އެތަނުގައި އަލިފާން ރޯވެފައިވަނީ ކަރަންޓް ޝޯޓަކުންކަމަށް ބެލެވޭކަމަށެވެ. އަދި އެކަމުގައި ފާހަގަކުރެވޭ ހެކިތައް ފެންނަން ހުރިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ދިވެހި ފުލުހުން ކުރި ތަހްގީގްތަކުންވެސް އެތަނުގައި އަލިފާން ރޯވީ ކަރަންޓް މައްސަލައަކުންކަން ފާހަގަކުރެވުނުކަމަށް ރަޝީދު ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީ ހުރި އެ އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 12 ވަނަ ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައެވެ.މި ހާދިސާގައި ހައުސިން މިނިސްޓްރީ އާއި އެންވާރަމަންޓު މިނިސްޓްރީގެ އިތުރުން މާލެސިޓީ ކައުންސިލްގެ އޮފީސް ސެކްޝަންތައް ހުންނަ އިމާރާތް ވަނީ އަނދައިގެން ގޮސްފައެވެ. މި ހާދިސާގައި ހައުސިން އިމާރާތުގައި ހުރި ހުރިހާ އެއްޗެއް ވަނީ އަނދައިގެން ގޮސްފައެވެ.
އިތުރު ތަފްސީލް އަންނަނީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް