ފަލަސްތީނުގެ ގެވެށިއަނިޔާ ލިބޭ އަންހެނުން "ފިލަންދާނެ ތަނެއް ނެތް"
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ގެވެށި އަނިޔާ އާ ދެކޮޅަށް މަސައްކަތްކުރާ ފަލަސްތީންގެ އެންޖީއޯ އަކުން ބުނިގޮތުގައި ހަނުހުރުން ނޫންގޮތެއް ފަލަސްތީންގައި ގެވެށިއަނިޔާ ލިބެމުންދާ އަންހެނުނަށް ނޯންނަކަމަށެވެ.
މިއީ ހަގީގީ ވާހަކައެއްގެ މައްޗައް އަލްޖަޒީރާ ނޫހުން ލިޔެފައިވާ ވާހަކައެކެވެ.
އިސްރާއިލުން ހިފާފައިވާ ޖެެރުސަލަމް:
ނަސްރީން އޭނަގެ ފަހަރިއަށް ކައިވެނީގެ ހަދިޔާއެއްގޮތުގައި އަތްދަބަހެއް ގަންދިނެވެ. އޭތިދޭންވެގެން ދިޔަތަނުން ނަސްރީން އަތުން އެ އަތްދަބަސް ވެއްޓުނެވެ.
"އަހަރެންގެ ފަހަރި ބުނި، ކަލޭގެ އަގު މިހާރުވަނީ ދަށައްގޮސްފައޭ، އަދި އެދަބަސް ހިފުމަށް އޭނަ އިންކާުކުރި" 54 އަހަރުގެ ނަސްރީން ކިޔައިދިނެވެ. (މީހުންގެ ސަލާމަތައްޓަކައި ބޭނުންކޮށްފައިވަނީ އަސްލު ނަމެއް ނޫންނެވެ.)
މި ކަންތައްގަނޑަށްފަހު ނަސްރީންގެ ފިރިމީހާ އެނބުރި ގައުމަށްއައެވެ. އަދި ހޭނެތޭވަރަށް ނަސްރީން ގައިގަ ތެޅިއެވެ. އޭގެފަހުން ނަސްރީންގެ ބޭބެ އަށް ގުޅާ "ކަލޭ ކޮއްކޮ ބަލާ އަންނާށޭ" ބުނިކަމަށް ނަސްރީން ކިޔައިދިނެވެ.
"އަހަރެންގެ ބޭބެ އައުމުން އަހަރެން ފިރިމީހާ ވަރަށް ބާރަށް އަހަރެންނާ ދިމާލަށް ކުރި ކަންތަކުން އެއްޗެހިކީ" ނަސްރީން ބުންޏެވެ.
ނަސްރީންއަށް އަނިޔާކުރި މިވާހަކަ އަކީ އޭނަގެ ކައިވެންޏަށް އެންމެ ހަމަހުގައި ފެށުނުކަމެކެވެ. މިއީ ގިނަ ފަލަސްތީންގެ އަދި ހާއްސަކޮށް އިސްރާއިލް އިން ހިވާފައިވާ ހުޅަނގު ޖެރުސުލަމްގެ އަންހެނުންގެ ހާލުކަމަށް ފަލަސްތީންގެ މަސައްކަތް ކުުރާ ހެލްތް ވޯކަރުން މައުލޫމާތު ދެއްވައެވެ.
ފަލަސްތީންގެ އެންޖީއޯ ޖުޒޫރުން ވަރަށް ފަހުން އާންމުކުރި ރިޕޯޓެއްގައި ވާގޮތުން ހުޅަނގު ޖެރުސުލަމްގެ %55 މީހުންނަކީ ގެވެށި އަނިޔާ ލިބިފައިވާ މީހުންނެވެ.
"އެމްޕަވަރިން ވިމެންއިން މާގިނަލައިސްޓް އީސްޓް ޖެރުސުލަމް ކޮމިއުނިޓީސް" ނަމަކަށްކިޔާ މި ރިޕޯޓްގައިވާގޮތުން މީގެތެރެއިން %50 އަންހެނުންނަށް ފުރަތަމަ ގެވެށިއަނިޔާއަށް ކުރިމަތިލާންޖެހިފައިވަނީ 15 ނުވަތަ އެޔަށްވުރު ހަގު އުމުރެއްގައެވެ.
އިސްރާއިލްގެ މުއައްސަސާތަކަށް ގެންދިއުން
ހުޅަނގު ޖެރުސަލަމް އަކީ 1967 ވަނަ އަހަރުންފެށިގެން އިސްރާއިލްގެ ބާރުގެދަށައްގެނެސްފައި އޮތް ތަނެކެވެ. އެހެންކަމުން ހުރިހާ ހިދުމަތްތަކެއް ލިބޭތަންތައްހުންނަނީ އިސްރާއިލްގެ އަތްދަށުގައެވެ. އެގޮތުން ކައުންސިލިން ސެންޓަރުތަކާއި ފިލަން ވަދެވޭނިތަންތަން ހިމެނެއެވެ.
ނަމަވެސް ޖެރުސުލަމްގައ އުޅޭފަލަސްތީން ރައްޔިތުން އިސްރާއިލް ފުލުހުން ނުވަތަ ސޯޝަލް ވޯކަރުން ކައިރިއަށްދަނީ އިތުރު އެއްވެސް ގޮތެއް ނެތުމުންނެވެ.
ޖުޒޫރުގެ ސްޕޯކްސް ޕާރސަން މަޖްދު ހަރުދަން ބުނިގޮތުގައި އިސްރާއިލްގެ ހިދުމަށްދޭ ފަރާތްތަކާ ވާހަކަ ދެއްކުން ފަލަސްތީން ރައްޔިތުން ދެކެނީ ބޭވަފާތެރިން ނުވަތަ އާއިލާ ހަލާކުރާ ބައެއްގެގޮތުގައެވެ.
"އާއިލާ އަށް ނުވަތަ އިދެގެން އުޅޭމީހާ އާއިލާއިން، އަވައްޓެރިން، ރައްޓެހިން ދެކެނީ އަންހެނުން ދުޝްމަނުން ކައިރިން އެހީއަށް އެދެނީ ކަމަށް" ހަރްދަން ބުންޏެވެ.
"އަންހެނުން އަނިޔާގައި ތިބެންޖެހޭނީ ހަނު" ހުޅަނގު ޖެރުސުލަމްގެ މީހުން ވިސްނުން ހުރިގޮތް ކިޔާދެމުން ހަރްދަން ބުންޏެވެ.
ޖެރުސުލަމްގެ ކުރީގެ އަވަށެެއްގައި އުޅެމުން ދުވަހަކުވެސް އިސްރާއލް ފުލުހުން ކައިރިއަށްދާން ނަސްރީން ހިތައްވެސް ނާރުވައެވެ.
އިސްރާއިލްގެ ސޯޝަލް އެފައާޒްގެ އޮފިސަރެއް އަހަރެން ހޮސްޕިޓަލްގަ އޮއްވައި އެތަނަށް އައި، އަހަރެން ބުނިން އަހަރެން ބިންމައްޗައް ވެއްޓުނީކަމަށް" ނަސްރީން ކިޔައިދިނެވެ. އޭނަ ފިރިމީހާ ކުރި އަނިޔާ ކިޔައިދޭން ނުކެރުން ކަމަށް ބުނަމުންނެވެ.
"އަހަރެން އެމީހުންނާވާހަކައެއް ނުދައްކާނަން، ލަދާއި އަހަރެންގެ ދަރިފުޅު އަހަރެން އަތުން އަތުލާފާނެތީ"
ވަޒީފާތައް އިތުރުވެ އަނިޔާ އިތުރުވުން
ޖުޒޫރުުގެ ހާދަން ވެސް ކަންބޮޑުވުން ފާޅުކޮއްފައިވަނީ އިސްރާއިލްގެ ސިފައިންނާއި ޖެރުސުލަމްއަށް ދިރިއުޅެން އަންނަ މީހުންގެ ސަބަބުން ވަކިޖިންސް އަކަށްވީތީ ލިބޭ އަނިޔާ ތަކަށް އަންނަ ބަދަލުތަކާހެދިއެވެެ.
ވަރަށް ގިނަ އާއިލާތަކުން ގަބޫލެއްނުކުރެ އަންހެނުން ބޭރަށްދާކަށް، އެމީހުން ބިރުގަނެ އަންހެނުން ދަތުރުކުރުމަށް ބަހަށް އަރާފާނެތީ، އެމީހުންގެ މިނިވަންކަން ބޭނުންކުރާތަން ފެނުމުން މީހަކު އައިސް ޖަހާފާނެތީ" ހާދަން ބުންޏެވެ.
މިވެސް ވައްތަރެއްގެ ގެވެށި އަނިޔާއެއް، ނުބެހެއްޓޭނެ ކުއްވެރިއަކު ގޭތެރޭއަކު، ހަމައެކަނި އެމީހާ ބޭރައްގޮއްސަ ސިފައިންނާ ނުވަތަ އެތާ އުޅޭ މީހުންނާ ބައްދަލުކޮއްފާނެތީއޭ ކިޔާފައެއް" ހާދަން އިތުރު ކޮށްލިއެވެ.
ނަސްރީން ކައިވެނިކޮށްގެން 32 އަހަރު ހޭދަކުރިއެވެ. ކައިވެންޏަށް ތިންދަރިން ލިބުނު ނަމަވެސް ދުވަހަކުުވެސް އޭނައަށް ލިބެމުންދިޔަ އަނިޔާތައް ހުއްޓުވަން މަސައްކަތް ކޮށްފައެއް ނުވެއެވެ. އޭނަބުނިގޮތުގައި އެކުދިން ބޮޑުވުމުން އެކުދިންވެސް ނަސްރީންއަށް އަނިޔާ ކުރިކަމަށެވެ. އަދި އެއީ އެކުދިންގެ ބައްޕަ ކައިރިން އެމީހުންނަށް ވާރުތަވި ކަމެއްކަމަށް ނަސްރީން ބުނެޏެވެ.
"އެކުދިން އަހަރެން ބޭރަށްދިއުން މަނާކުރެ، އަހަރެން ބޭރަށްދާން ދޮގު ހަދަންޖެހެނީ، މިދަނީ ޑޮކްޓަރަށޭ ނުވަތަ ކޮންމެވެސްތާކު އޮތް ބައްދަލުވުމަކަށޭ ކިޔާފަދަނީ" ނަސްރީން ކިޔައިދިނެވެ.
"އަހަރެން ހުންނަނަނީ އަބަދު ކަހަލަ ގޮތަކަށް ބިރުން، އެމީހުން އަހަންނަށް ބިރުދައްކާ، މިސާލަކަށް ގޮނޑިނަގާ އަހަރެން ކައިރިއަށް އެއްލާލުން، އެގޮތައް ހަދާކޮންމެ ފަހަރަކު ހިން ވަރަށް ބާރަށް ތެޅެންފަށާ"
އާއިލާއިން ބާކީކޮއްލުން
ގެވެށިއަނިޔާ ގެ މައްސަލަތައް ވަނީ ޖެރުސަލަމް ގައި ހައްދުން ނައްޓާފައެވެ.
ގެވެށިއަނިޔާ ލިބުނު ނަސްރީންއަށް އޭނަގެ ބޭބެމެން ފަރާތުން އެއްވެސް އެހީއެއް ނުލިބުނު ފަދައިން ހިސޯރަކޮއްފައިވާ ވެސްްޓް ބެންކް ހިސާބުގައި އުޅޭ ގިނަ އަންހެނުންގެ ހާލަކީވެސް މީއެވެ.
ފަލަސްތީންގެ ޔަންގް ވޮމެންސް ކްރިސްޓައިން އެސޯސިއޭޝަން (ވައި.ޑަބިލިއު.ސީ.އޭ) ބުނާގޮތުގައި ޖޯޑަން ވާދީގައި އޮންނަ ޖެރިކޯގެ 14 ކިލޯމީޓަރު ދުރުގައިވާ ފަސައިލް ނަަމަކަށްކިޔާ އަވަށަކީ ޖިންސީ ގޯނާ ރިކޯޓް އަދަކަށް ރިޕޯޓްކުރެވިފައިވާ އަވަށެކެވެ.
ހަކުދިންގެ މަންމަ އެއް ކަމަށްވާ 40 އަހަރުގެ ފަރިދާ ކައިވެނިކުރީ އުމުރުން 17 އަހރުގައެވެ. (އޭނަ އެދިގެން ސަލާމަތައްޓަކައި ބޭނުން ކުރެވިފައިވަނީ އަސްލު ނަމެއްނޫނެވެ.)
" އަހަރެންގެ އޭރުނެތް އޭރު ކައިވެނި ކޮށްގެން އުޅޭގޮތުގައި އެއްވެސް މައުލޫމާތެއް" ފަރީދާ އޭނަގެ ދަރިންނާ ދުރުގައިދެ ބުންޏެވެ.
"އަހަރެންގެ އާއިލާއިން ބުނި އަހަރެންގެ ބަފައިބެ ހަމަ ބައްޕަ ފަދަ ވާނެކަމަށް އަދި މައިދައިތަ ހަމަ މަންމައެއް ފަދަ ވާނެކަމަށް"
ފަރީދާ އަދިވެސް އުޅެމުން އަންނަނީ ފަސައިލްގައެވެ. ނަމަވެސް އޭނަގެ ފިރިމީހާ އޭނަގެ ދެވަނަ އަބިމީހަޔާއެކު އުޅެމުންދާ ގޭގެ ބިއްދަށުގައި ހުރި ގެއެއްގައެވެ.
އަދި ފަރީދާގެ ބަފާބެ ކައިވެންޏަށް ތިންދުވަސްވީތަނާ ފަރީދާއަށް ޖިންސީ ގޯނާކކުރިކަމަށް ފަރީދާބުންޏެވެ.
"އޭނަ އަހަރެންގެ ގައިގަ އަތްލައިގެން ނުވާނެތަންތަނުގަ އަތްލަންފެށި، އެވާހަކަ އަހަރެން ބޮޑުދައިތަ އަދި ފިރިމީހާގާތު ބޭބެ ގާތުބުނިން، އެމީހުންބުނި ވެދާނެ އެ ގަސްތުގަ ނޫންކަމަށް އޮޅިގެން އަތްލެވެނީ ކަމަށް"
ދެއަހަރު ފަހުން ފަރީދާ އަށް ފުރަތަމަ ދަރިފުޅު ލިބުމުން އެކަމުގެ އުފަލުގައި ބޭއްވިހަފްލާއަކަށް ބޭރުން މެހެމާނުންތަކެއް އައިކަމަށްވެއެވެ. އަދި މެހެމާނުންތައް ދިއުމުން ބަފާބެ ފަރީދާއަށް އެތައްފަހަރަކުމަތިން އަނިޔާ ކުރިކަމަށްވެއެވެ.
"ބަފާބެ އަހަރެން އަތުގަ ހިފައިގެން ދަމާފަ ގެންދިއައީ ބަދިގެއަށް، އޭނަ ބޭނުންވީ ރޭޕްކުރަން، އޭނަ އަހަރެން ގައިގަ އެކިތަންތާ އަތްލި، އަހަރެންގެ ނަސީބު އެއީ އެތަނުން ސަލާމަތުން ދުއްވައިގަނެވުންކަން" ފުންނޭވާ އަކަށްފަހު ވެއްޓެމުންދިޔަ ކަރުނަތަށް ހިފަހައްޓަމުން ބުންޏެވެ.
"އަހަރެން ދުވަހަކުވެސް ހަދާނެއް ނުނެތޭނެ އެދުވަހު ކަންތައް ހިނގައިދިޔަ ގޮތެއް، އެކަމު އެދުވަހު އަހަރެން ހަޅޭނުލެވީ ކީއްވެކަމެއް ހަދާނެއްނެތް"
ފަރީދާ އެދުވަހުގެ ވާހަކަތައް އޭނަގެ އާއިލާއާ ހިއްސާ ކުރުމުން އެެކަކުވެސް ގަބޫލެއްނުކުރިއެވެ. އަދި އެދުވަހު ދޮގުވެރިއެއް ގޮތުގައި ނިންމި ނިންމުން މިއަދާހަމައަށްވެސް ދެމިއޮތީ އެހެންނެވެ.
"މިކަހަލަ މުޖްތަމައުއަކާ ބަހުސެއް ނުކުރެވޭނެ، އެމީހުން ގަބޫލެއްނުކުރާނެ އެމީހުން ކުށެއް ކޮށްފިކަމަކަށް"
ފަރީދާގެ ފިރިމީހާ، ފަރީދާއަށް ދަރިފުޅު އަތުލާނެކަމަށް ބިރުދައްކާ އޭނައަށް ހަރަދުކުރުން ހުއްޓާލިއެވެ.
ފިރިހެނުުންގެ ބާރުއޮންނަ ގޮތައް ނިންމާފައި އޮންނަ އޮތުން
ވައި ޑަބްލިއު ސީ އޭ ގެ ކޯޑިނޭޓަރ އަމަން ހަންމާދު ވިދާޅުވިގޮތުގައި ޕަލަސްތީންގެ ހިސާބުތަކުގައި ގެވެށިއަނިޔާ އެހާ ގިނަވާންޖެހޭ ސަބަބަކީ އާއިލާގައި ހަމަ އެކަނި ފިރިހެނުންގެ ބާރު ހިނގާގޮތައް ނިންމާފައި އޮންނަ ނިންމުން ކަމަށެވެ.
ހާއްސަގޮތެއްގައި ފަސައިލްގެ އަންހެން ކުދިންނަށް ސަހަރުން ބޭރަށް ގޮސް މަސައްކަތް ކުރުމަށް ނުވަތަ ކިޔަވަން ފުރުސަތެއް ނޯވެއެވެ. އެހެންކަމުން އެކުދިން އުމުރުދުހު ތިބެންޖެހެނީ ބާރެއްނެތި މީހެއްގެ ބެލުމުގެ ދަށުގައެވެ.
މާގިނައިން ހަރަކާތްތެރިވެ އުޅެންޏާ އެއީ ގޯސް ކުުއްޖެ އޭނައަށް ފަހުން ކައިވެނި ކުރުމުގެ ފުރުސަތެއް ނޯންނާނެ" ހަމްމާދު ބުންޏެވެ.
"މުޖްތަމައު ވިސްނަންވެއްޖެ އެމީހުން ތަޖުރިބާ ކޮށްފިކަން ނުވަތަ ކުރިމަތިލައިފިކަން މާގިނަކަންތަކާ، އެމީހުންގެ އިއްޒަތްނެތިކޮއްލާ، ގެއްލުން ލިއްބައިދޭ ކަންކަމާ"
ޖެރިކޯގެ ގަވަރުނަރޭޓް ޖެންޑަރ ޔުނިޓް މެނޭޖަރ ސަމަހް ސަލްމާން ފާހަގަ ކުރެއްވިގޮތުގައި އަންހެންކުދިން ބޮޑުކުރަނީ ފިރިހެނުންނަށް ހިދުމަތް ކޮށްދޭން ކަމަށެވެ.
ވަރަށްބޮޑަށް ގަބޫލު ކުރެވިފަ އޮންނަނީ ފިރިހެނުން ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އަންހެނުންނަށްވުރެ މަތި ވާނެކަމަށް، ކޮންމެ ކަމެއްގައިވެސް ބާރު އޮންނަބަޔަކީ ފިރިހެނުން، ގޮތްނިންމެނި އެމީހުންނަށް، ވާރުތަ މުދާ ލިބެނި އެމީހުންނަށް، ބިން ރަޖިސްޓްރީ ކުރެވެނި ހަމައެކަނި ފިރިހެނުން ނަންމަތީ، އަދި ހަމައެހެންމެ އެންމެ ފުރަތަމަ ގޭގަ ކާންވެސް ޖެހޭނި ފިރިހެނުން" ސަލްމާން ކިޔައިދިނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް