ވިލިމާލެ ދާއިރާއަށް ޑރ.ޖަމީލް ކުރިމަތިލައްވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވިލިމާލެ ދާާއިރާގެ މަޖިލީހުގެ ގޮނޑިއަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވާދަކުރައްވަން ނިންމަވައިފިއެވެ.
ޑރ.ޖަމީލް އެދާއިރާއަށް ވާދަކުރައްވާކަން އެމަނިކުފާނު ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. އެމަނިކުފާނު އެ ދާއިރާއަށް ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.
ޑރ.ޖަމީލް ވަނީ ވިލިމާލެ ރައްޔިތުންނަށް ޒަމާނީ ތަރައްޤީން ހައްގުވާ މިންވަރު ހޯދައިދޭންޖެހޭ ކަމަށާއި އެ މަސައްކަތް ފެށުން މާ ބޮޑަށްވެސް ލަސްވެފައިވާކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.
ވިލިމާލެ ދާއިރާގެ މެންބަރުކަމަށް އެމަނިކުފާނު ކުރިމަތިލައްވާ ހިނދު، އެމަނިކުފާނަކީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. އަދި ޑރ.ޖަމީލް ދަނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އެޑްވައިޒަރެއްގެ މަގާމުވެސް އަދާކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް