ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސްޕްރީމް ކޯޓުން ބާތިލް ކޮށްފިއެވެ.
ޓެރެރިޒަމްގެ ކުށް ސާބިތުވެ 2015 ވަނަ އަހަރުގެ މާރިޗް މަހުގެ 13 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމް ކޮށްފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީއެއްގެ ގޮތުގައި ހުންނެވި އަބްދުﷲ މަހުއްމަދު ގާނޫނައި ގަވައިދާ ހިލާފަށް ހައްޔަރުކޮށް ކ. ގިރިފުށީގައި ބެހެއްޓި މައްސަލައިގައެވެ.
ހައި ކޯޓުން އިއްވި ހުކުމް މުރާޖާ ކުރުމަށް އެދި ސްޕްރީމް ކޯޓަށް ހުށަހެޅީ ޕްރޮސެކިއުޓާ އޮފީހުންނެވެ.
ގާޒީ އަބްދުﷲ މުހައްމަދު ދިރިއުޅުއްވަމުން ގެންދެވި ގެކޮޅަށްވަދެ 2012 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްގެން ގިރިފުއްޓަށް ގެންދިޔަ މައްސަލައިގަ ހައި ކޯޓް އަދި ސްޕްރީމް ކޯޓުންވެސްވަނީ ކްރިމިނަލް ކޯޓޫގެ ހުކުމް ދަމަހައްޓާފައެވެ.
އެއަށްފަހު ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ވަޑައިގަތުމަށްފަހު ރައީސް ނަޝީދު އުޅުއްވަމުން ގެންދެވީ އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބް ކާމިޔާބު ކުރެއްވުމައި ގުޅިގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް