ދައުލަތުގެ މީޑިއާ، ޕީއެސްއެމް... ފޮޓޯ: ޕީއެސްއެމްނިއުސް
ދައުލަތުގެ މީޑިއާ، ޕީއެސްއެމް... ފޮޓޯ: ޕީއެސްއެމްނިއުސް
ހަބަރު 19 May 2025 | 15:33

ޕީއެސްއެމުގެ މުހިއްމު ދެ ޑިޕާޓްމަންޓެއް އޮޑިޓްކުރަނީ

ވަރަށްބޮޑަށް ދަރަނިވެރިވެފައިވާ ޕަބްލިކް ސާވިސް މީޑިއާގެ މުހިއްމު ދެ ޑިޕާޓްމަންޓެއް އޮޑިޓްކުރުމުގެ މަސައްކަތް ފެށުމަށް އެކުންފުނިން ތައްޔާރުވެއްޖެއެވެ.

ޕީއެސްއެމުން ތައްޔާރުވަމުންދަނީ އެކުންފުނީގެ މާކެޓީންގ އެންޑް ކޮމާޝަލް ކޮމިއުނިކޭޝަން އަދި ހިއުމަން ރިސޯސް ޑިޕާޓްމަންޓް އޮޑިޓްކުރުމަށެވެ. އެގޮތުން އެކުންފުނިންވަނީ އެ ދެ ޑިޕާޓްމަންޓް އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދުމަށް އާއްމުކޮށް އިއުލާނުކޮށްފައެވެ. ގެޒެޓްގައި ކުރި އިއުލާނެއްގައި ވާގޮތުން ސޭލްސް އެންޑް މާކެޓިން ޑިޕާޓްމަންޓާއި އެޗްއާރު ޑިޕާޓްމަންޓް އޮޑިޓްކުރުމަށް ނިންމާފައިވަނީ، ފާއިތުވެދިޔަ ދެ އަހަރުދުވަހުގެ މުއާމަލާތްތަކެވެ.

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ޕީއެސްއެމަކީ އެންމެބޮޑު ދަރަންޏެއް އޮތް އެއް ކުންފުންޏެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޕީއެސްއެމްގެ ދަރަނި 261 މިލިއަން ރުފިޔާއަށް އަރާކަމަށް އޭރު، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި ޒީނާ ޒާހިރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ދަރަނީގައި ހިންގަމުން އައި ޕީއެސްއެމަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ފައިދާ ވެފައިވާކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ހާމަކޮށްފައެވެ. ޕީސީބީން ނެރެފައިވާ ސަރުކާރު ކުންފުނިތަކުގެ ވިޔަފާރި ހިނގާދިޔަގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުގައި 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ޕީއެސްއެމަށް ވަނީ 27 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައެވެ. އެ ކުއާޓަރުގައި ޕީއެސްއެމަށް ފައިދާވިނަމަވެސް އޭގެ ކުރީ 4 ކުއާޓަރުގައިވެސް ޕީއެސްއެމަށް ވަނީ ގެއްލުންވެފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޕީއެސްއެމަށް 5 މިލިއަން ރުފިޔާގެ ގެއްލުން ލިބުނުއިރު، އޭގެކުރީ 2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ވަނީ 7 މިލިއަން ރުފިޔާ ގެއްލުންވެފައެވެ.

ޕީއެސްއެމާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް މިދިޔަ އަހަރުގެ ފަހުކޮޅު ނެރުއްވި ރިޕޯޓެއްގައި ވަނީ ޑޮލަރުގަތުމަށް ހިންގި މުއާމަލާތެއްގެ ތެރޭގައި ހިނގާފައިވާ ހިޔާނާތުގެ މައްސަލަތަކެއް ފާހަގަކުރައްވާފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އޮޑިތަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ވަނީ ޕީއެސްއެމަށް ޑޮލަރުގަތުމަށް ނެގި ފައިސާ އާއި، އާމްދަނީގެ ގޮތުގައި ލިބިފައިހުރި ފައިސާގެ ތެރެއިން 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ވީއެއްނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ހާމަކޮށްފައެވެ. މިކަމެއް ހިނގާފައިވަނީ ޕީއެސްއެމަށް ބޭނުންވާ ޑޮލަރު ގަތުމުގެ ނަމުގައި 2020 ވަނަ އަހަރުންފެށިގެން 2024 ވަނަ އަހަރުގެ އޭޕްރިލްމަހުގެ ނިޔަލަށް ކުރި މުއާމަލާތްތަކުގައެވެ.

ޕީއެސްއެމުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ހިޔާނާތުގެ އެ މައްސަލަތައް ބެލުމަށް ފުލުހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން ރާއްޖޭގައި
25 Nov 2026 ހަބަރު

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން ރާއްޖޭގައި

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް އަކީ އިންޑިއާ، ދިވެހިރާއްޖެ، މޮރިޝަސް، ސްރީލަންކާ، ބަންގްލަދޭޝް، އަދި ސީޝެލްސް ހިމެނޭ ސަރަހައްދީ ސަލާމަތީ އެއްބާރުލުން ދިނުމުގެ މަންސައެކެވެ.

ފައިސާ މާރުކުރުމުގެ އާ ގަވާއިދެއް އެމްއެމްއޭއިން ގެޒެޓްކޮށް، އަމަލުކުރަން ފަށައިފި
25 Nov 2026 ހަބަރު

ފައިސާ މާރުކުރުމުގެ އާ ގަވާއިދެއް އެމްއެމްއޭއިން ގެޒެޓްކޮށް، އަމަލުކުރަން ފަށައިފި

ސެކިއުރިޓީ ޑިޕޮސިޓުގެ ޢަދަދު ވެސް މި ގަވާއިދުގައި ވަނީ ބޮޑުކޮށްފައެވެ. ކުރިން 100،000 އެމެރިކާ ޑޮލަރު ގޮތުގައި އޮތް ޑިޕޮސިޓް 200،000 އެމެރިކާ ޑޮލަރަށް ބޮޑުކޮށްފައިވާ އިރު، އިތުރު ކޮންމެ ތަނަކަށް ބަހައްޓާ ޑިޕޮސިޓް ވެސް 50،000 ޑޮލަރުން 100،000 ޑޮލަރަށް ވަނީ މައްޗަށް ޖައްސައިފައެވެ.

ކައިވެނީގެ ބޭރުން އަންހެނަކު ވިހޭ މައްސަލަ: ލިބުނީ ދެ ކުދީން، އެއް ކުއްޖަކު ނިޔާވެއްޖެ
25 Nov 2026 ހަބަރު

ކައިވެނީގެ ބޭރުން އަންހެނަކު ވިހޭ މައްސަލަ: ލިބުނީ ދެ ކުދީން، އެއް ކުއްޖަކު ނިޔާވެއްޖެ

މި ހާދިސާގައި ވިހެއި އެއްމާބަނޑު ދެ ކުދިންނަކީވެސް ފިރިހެން ކުދިން ކަމަށާއި ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަަމަށްވެސް ފުލުހުން ބުންޏެވެ.

ހުޅުމާލޭ ރީތިގަސް މަގުގެ ދަނބު ގަސްތަކަށް ހުވަނިބޭސް ޖަހާތީވެ، އުޅަނދުތައް ނެގުމަށް އެދިއްޖެ
25 Nov 2026 ހަބަރު

ހުޅުމާލޭ ރީތިގަސް މަގުގެ ދަނބު ގަސްތަކަށް ހުވަނިބޭސް ޖަހާތީވެ، އުޅަނދުތައް ނެގުމަށް އެދިއްޖެ

ހުވަނި ކޮންޓްރޯލްކުރުމުގެ މަސައްކަތް ހެނދުނު 9:00 ން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ވަނީ ރާވައިފައެވެ

 އަޕްޑިމްގެ ގަވަރނިންގ ބޯޑުގެ ޗެއާއަކަށް ރާއްޖެ އިންތިޚާބުކޮށްފި
25 Nov 2026 ހަބަރު

އަޕްޑިމްގެ ގަވަރނިންގ ބޯޑުގެ ޗެއާއަކަށް ރާއްޖެ އިންތިޚާބުކޮށްފި

އޭޝިޔާއާއި ޕެސިފިކް ސަރަޙައްދުގެ 11 ޤައުމެއް ހިމެނޭ އަޕްޑިމް ޚާއްޞަވަނީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ކާރިސީ ހިރާސް ކުޑަކުރުމުގެ ދާއިރާއަށެވެ.

150 މެގަވޮޓްގެ ސޯލާ ހައިބްރިޑް ނިޒާމުތަކެއް ގާއިމުކުރަން އެއްބަސްވުމެއް
25 Nov 2026 ހަބަރު

150 މެގަވޮޓްގެ ސޯލާ ހައިބްރިޑް ނިޒާމުތަކެއް ގާއިމުކުރަން އެއްބަސްވުމެއް

މިގޮތުން، 150 މެގަވޮޓްގެ މި ހައިބްރިޑް ނިޒާމު ކާމިޔާބުކަމާއެކު ގާއިމުކުރެވުމުން، ސަރުކާރުން ކަނޑައަޅާފައިވާ 33 އިންސައްތައިގެ އަމާޒުގެ 60 އިންސައްތަ ހާސިލުކުރެވިގެންދާނެ އެވެ.

ފިކުރީ މުދަލާއި ގުޅޭ އޮފީހުގެ ރަޖިސްޓްރާއަކަށް ސްޓޭޓް މިނިސްޓަރު ސިޔާޒް
25 Nov 2026 ހަބަރު

ފިކުރީ މުދަލާއި ގުޅޭ އޮފީހުގެ ރަޖިސްޓްރާއަކަށް ސްޓޭޓް މިނިސްޓަރު ސިޔާޒް

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ، ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއެވެ.

ގދ. ވާދޫގައި ބަހައްޓާފައިވާ އޭޓީއެމަށް ގެއްލުންދީފި، މައްސަލަ ބަލަނީ
25 Nov 2026 ހަބަރު

ގދ. ވާދޫގައި ބަހައްޓާފައިވާ އޭޓީއެމަށް ގެއްލުންދީފި، މައްސަލަ ބަލަނީ

އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.