ޕާކްކުރާނެ ގަރާޖެއްނެތް ކާރުތައް ދުއްވުން މަނާކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މާލޭގައި ދުއްވާ ކާރުތަކުގެ ތެރެއިން، ޕާކްކުރާނެ ގަރާޖެއް ކަނޑައެޅިފައިނުވާ ކާރުތައް ދުއްވުން މަނާކޮށް، އެ ކާރުތަކުގެ ލައިސެންސް ބާތިލްކުރުމަށް ނިންމައިފިއެވެ.
އެކަން ހާމަކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ، ކޮންމެ ކާރަކަށް ރަޖިސްޓްރީކޮށްފައިވާ ގަރާޖެއް ނެތް ކާރުތަކާއި، އޮޅުވާލުމުގެ ތެރެއިން ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ ކާރުތަކުގެ ރަޖިސްޓްރީ އުވާލަން އެ މިނިސްޓްރީ އިން ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިކަން ކުުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ޚާއްސަ އިންސްޕެކްޝަން ޓީމެއްގެ ބެލުމުގެ ދަށުންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފަނަރަ ނުވަތަ ވިހި އަހަރު ވެފައިވާ ޓެކްސީތަކުގެ ރަޖިސްޓްރީވެސް އުވާލުމަށް އެމިނިސްޓްރީން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް