ގަވާއިދާ ހިލާފަށް ދުފާތަކެތި ތައްޔާރުކުރަމުންދިޔަ 2 ބިދޭސީއަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ގަވާއިދާ ހިލާފަށް ދުފާތަކެތި ތައްޔާރުކުރަމުންދިޔަ 2 ތަނެއްބަލައިފާސްކޮށް 2 ބިދޭސީން ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަންއިން ބުނެފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެކްސް ގައި ހާމަކުރި ގޮތުގައި، "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ދެ ތަނެއް ބަލައި ފާސްކޮށްފައިވާކަމަށެވެ.
އަދި އިތުރަށް ބުނެފައިވަނީ މި ރެއިޑުގައި ބަލައި ފާސްކުރެވުނު ދެވަނަ ތަނަކީ ޑެލިވަރީއަށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ތަނެއްކަމަށެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ، ކަމާ ގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމާއެކު މި ތަނުގައި ކުރަމުންދިޔަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާ ކަމަށެވެ.
އަދި މި ރެއިޑުގައި ދެ ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަަމަށްވެސްވަނީ ބުނެފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށް އިމިގްރޭޝަނުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް