އަދީބުގެ އޮޕަރޭޝަނެއް ކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިހާރު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އޮޕަރޭޝަނެއް ކުރަން ޖެހިއްގެން މިއަދު ހެނދުނު 8:30 ގައި އޮޕަރޭޝަން ތިއޭޓަރަށް ގެންގޮސްފައިވާ ކަމަށް އަނބިކަނބަލުން މަރިޔަމް ނަޝްވާ މިއަދު ކުރި ޓްވީޓެއްގައި ބުނެފި އެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން ނަޝްވާ ޓަވީޓްގައި ވިދާޅުވީ މިއީ އަދީބުގެ ކިޑްނީގައި އުފެދިފައިހުރި ހިލަތައް ނެގުމަށް ކުރާ އޮޕްރޭޝަނެއްކަމުގައެވެ.
އަދި އަދީބުގެ މައްޗަށް ކޮށްފައިވާ ދައުވާތަށް އިތުރަށް ތަހުގީގުުކުރަން ދައުލަތުން އެދޭތީ އެކަމަށް އެއްބާރުލުންދިނުމަށް ރާއްޖޭގައި ހުރުން މުހިންމުކަމަށް ފެނިވަޑައިގަންނަވާތީ ރާއްޖެއިން ލިބެންހުރި ކޮންމެ ފަރުވާއެއްގެ ވެސް ބޭނުން ހިފަން ތައްޔާރަށް ހުންނެވި ކަމަށް ނަޝްވާ ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރަށް ދިޔުމަށް އަދީބު ބޭނުންފުޅު ނުވާ ކަމަށްވެސް ނަޝްވާ ވިދާލޫވިއެވެ.
މީގެ އިތުރުން އަދީބުގެ އޮފަރޭޝަން ކާމިޔާބުވުންއެދި އެންމެން ދުވާކޮއްދިނުމަށް ނަޝްވާ އެދިވަޑައިގަތެވެ.
އަދީބުއަށް ތަފާތު ސިއްހީ މައްސަލަތައް ކުރިމަތިވެ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދޭން ފެށީ މީގެ ހަފްތާއެއްހާ ދުވަސްކުރިން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް