ހޮންޑާ ކުންފުނިން ކުޅޭ އެއްޗެހި އުފައްދަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޖަޕާނުގެ މަޝްހޫރު ވެހިކަލް އުފައްދާ ކުންފުނިކަމުގައިވާ ހޮންޑާއިން، ކުޑަކުދިންގެ ކުޅޭ އެއްޗެހި އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
އެގޮތުން ހޮންޑާ ކުންފުނިން ވަނީ ދާދި ފަހުން ކުޑަކުދިން މަސަލަސް ކުރުމަށްޓަކައި ކާރުފަދަ ތަކެތީގެ އަޑުހުންނަ ކުޅޭއެއްޗެއް އުފައްދާފައެވެ. މި ކުޅޭއެތި ބަލާބެލުމަށް ކުޑަ ރަތްކާރެއްހެން ހީވާއިރު، މީގެން ތިން މޮޑެލްގެ ކާރުގެ އިންޖީނުގެ އަޑު އިވޭނެއެވެ.
ހޮންޑާއިން ބުނާގޮތުގައި ކުޑަކުދިން ކުޅޭ ސާމާނު އުފެއްދުމަށް އެކުންފުނިން ނިންމީ ކުޑަކުދިން މައިމީހާގެ ބަނޑުގައި އޮންނައިރު އިވޭފަދަ ދަށް ފްރިކުއެންސީ އަޑެއް އިންޖީނުތަކުން އިވޭތީކަމަށެވެ. އަދި މީގެ ސަބަބުން ކުޑަކުދިން މަސަލަސްވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މި ކުޅޭއެތި އާންމު ބާޒާރަށް ވިއްކަން ފައްޓާނެ ތާރީޚެއް އަދި އާންމު ކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް