ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލުން ޤުލްފިޝާން ކުއްލި ގޮތަކަށް އަވަހާރަވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފަޟީލަތުއްޝައިޚު އަޙުމަދު ޝާޠިރުގެ ދަރިކަނބަލުން, ޤުލްފިޝާން ޝާޠިރު ކުއްލި ގޮތަކަށް އަވަހާރަވެއްޖެ އެވެ.
އެކަމަނާ އަވަހާރަވީ ޔޫއޭއީގައި އިއްޔެގެ ވަގުތެއްގަ އެވެ.
ޤުލްފިޝާން ކައިވެނި ބައްލަވައިގެން އުޅުއްވީ ފަލަސްތީނަށް ނިސްބަތްވާ ބޭފުޅަކާ އެވެ. އެ ދެކަނބަަލުންނަކީ ދިވެހީންގެ ގިނަ ބަޔަކާއި ގާތް, އެކުވެރިކަމެއް ބާއްވަވަމުން ގެންދެވި ދެ ބޭފުޅުންނެވެ.
ޤުލްފިޝާންގެ މަންމާފުޅަކީ އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީ އެވެ. އެކަމަނާ އަކީ ކުރީގެ ބޮޑުވަޒީރު ފާމުދޭރިކިލެގެފާނުގެ ބޭފުޅެކެވެ. އެހެން ކަމުން ޤުލްފިޝާން އަކީ ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލެކެވެ.
ފަޟީލަތުއްޝައިޚު އަޙުމަދު ޝާޠިރަކީ ދިވެހި ދައުލަތަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވުން ފާހަގަކޮށްލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް