އަޝްރަފް ގޭބަންދުން ދޫކޮށްލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒަށް ބިރުދެއްކިކަމަށްބުނެ ދައުވާ އުފުލާފައިވާ މަޝްހޫރު ސޯޝަލް މީޑިޔާ އެކްޓިވިސްޓް އަހުމަދު އަޝްރަފް، ޝުންބާ ގޮންގް ގޭބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ޝުމްބާގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ ކްރިމިނަލް ކޯޓުން އަމުރުކޮށްފައެވެ.
ނަމަވެސް މިއަހަރުގެ މާޗްމަހުގެ ތެރޭގައި އޭނާގެ ޖަލުބަންދުވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.
ޝުމްބާ ހައްޔަރުކުރެވުނީ 2015 ވަަނަ އަހަރުގެ ތެރޭގައި ފިނިފެންމާ ލޯންޗްކޮޅު ގޮއްވާލި ހާދިސާއަށްފަހު ސްރީލަންކާގައި ހުއްޓައެވެ. ނަމަވެސް އޭނާގެ މައްޗަށް އެކަމާއި ގުޅުންހުރި އެއްވެސް ދައުވާއެއް އުފުލާފައިނުވެއެވެ.
ޝުމްބާ ގޭބަންދުން ދޫކޮށްލުމަށް އަމުރުކުރީ މިއަދު ކަމުގައިވިޔަސް، 23 ސެޕްޓެމްބަރުގެ ފަހުން އޭނާވަނީ ބޭރުތެރޭގައި ހަރަކާތްތެރިވެފައެވެ. ޝުމްބާއަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާތްގުޅުން އޮންނަ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް