ކަސްޓަމްސްގެ އިމާރާތް
ކަސްޓަމްސްގެ އިމާރާތް
ވިޔަފާރި 06 Jul 2024 | 11:46

އަމިއްލަ ފަރާތްތަކުން ރާއްޖެއިން ބޭރުން ގެންނަ ތަކެތިން ޑިއުޓީ މަޢާފުވާ މިންވަރު 10،000ރ އަށް ބޮޑުކޮށްފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އަމިއްލަ ފަރާތްތަކުން ރާއްޖެއިން ބޭރުން ގެންނަ ތަކެތިން ޑިއުޓީ މަޢާފުވާ މިންވަރު 6،000 ރުފިޔާއިން 10،000 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މި ބަދަލަށް ޢަމަލުކުރަން ފަށާފައިވަނީ ޖުލައި 1 ވަނަ ދުވަހުން ފެށިގެންނެވެ.

ކަސްޓަމްސް ސަރވިސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި،މި އިޞްލާޙު ގެނެވިފައިވަނީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ޑިއުޓީ މަޢާފްކުރުމުގެ އިޚްތިޔާރުގެ ދަށުންނެވެ. މި އިނާޔަތް ލިބޭނީ ހަމައެކަނި ދަތުރުވެރިންނަށާއި އަމިއްލަ ފަރުދުންގެ ކުދިކުދި ބޭނުންތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެއްޗަށެވެ.

ކަސްޓަމްސްއިން އިތުރަށް ހާމަކުރި ގޮތުގައި، ދަތުރުވެރިންނާ އަމިއްލަ ފަރުދުން ގެންނަ މުދަލުގެ ނުވަތަ ޝިޕްމެންޓަށް ކަސްޓަމްސްއިން ކަނޑައަޅާ ޖުމްލަ އެފް.އޯ.ބީ އަގު 10،000 ރުފިޔާއަށްވުރެ ކުޑަނަމަ، ޑިއުޓީ ނެގުމަކާނުލާ އެތަކެތި ދޫކުރެވޭނެއެވެ. ނަމަވެސް، އަގު 10،000 ރުފިޔާއަށްވުރެ ބޮޑުނަމަ، ގުޑްސް ޑިކްލަރޭޝަން ހުށަހަޅައި ކަނޑައެޅިފައިވާ ގޮތުގެމަތީން ޑިއުޓީ ދައްކަންޖެހޭނެއެވެ.

އަދި، ޑިކްލަރޭޝަން ހުށަހަޅަންޖެހޭ މުދަލަށް ޑިއުޓީ ނަގާނީ، ކަސްޓަމްސްއިން ކަނޑައަޅާ އެފް.އޯ.ބީ އަގުން 10،000 ރުފިޔާ އުނިކުރުމަށްފަހު ބާކީ އަންނަ އަދަދުންނެވެ.

މުދަލުގެ އަގު 10،000 (ދިހަހާސް) ރުފިޔާއަށްވުރެ ކުޑަނަމަވެސް، އެތަކެތީގެ  ބާވަތާއި ޢަދަދާއި އަގާއި ގެންނަ ނިސްބަތަށް ބަލާއިރު، އެއީ އަމިއްލަ ކުދި ކުދި ބޭނުންތަކަށް ދޫކުރެވޭ ވަރަށްވުރެ ގިނަ ތަކެތި ކަމަށްވާނަމަ ނުވަތަ ކޮމާޝަލް ކުއެންޓިޓީކަމަށް ބެލެވޭ ހާލަތުގައި އެތަކެއްޗަށް ގުޑްސް ޑިކްލަރޭޝަން ހުށަހަޅަންޖެހޭނެ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ނަމަވެސް ފަރުދުންގެ ބޭނުމަށް، ޑޮކްޓަރެއްގެ ބޭސްސިޓީއާއެކު، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ގެންނަ ޑޮކްޓަރީ ބޭސް، އެތަކެތީގެ އަގަށް ރިޢާޔަތްކުރުމެއް ނެތި ދޫކުރެވޭނެ ކަމަށް ބުންޏެވެ.

މިއާއެކު ކަސްޓަމްސް އިން ބުނިގޮތުގައި، ކުރީން ޑިއުޓީގެ އިނާޔަތް ދެމުން ގެންދިޔަ ބައެއް ބާވަތްތަކަށް މި އިސްލާޙާއެކު ޑިއުޓީގެ އިނާޔަތް ދިނުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ. މިގޮތުން 2024 ޖުލައި 1 ވަނަ ދުވަހުން ފެށިގެން ޑިއުޓީގެ އިނާޔަތް ދިނުން ހުއްޓާލެވިފައިވާ ތަކެއްޗަކީ:

1.ޕްލާސްޓިކް ކޮތަޅާއި ސިންގަލް ޔޫސް ޕްލާސްޓިކް ގޮތުގައި ގިންތިކުރެވޭ ތަކެތި

2.އެނާޖީ ޑްރިންކް

3.މޮޓޯސައިކަލާއި އޮޓޯސައިކަލް

4.އެއްގަމުގައި ދުއްވާ 4 ފުރޮޅުލީ އުޅަނދުފަހަރު

5.ކަނޑުގައި ދުއްވާ އުޅަނދުފަހަރު

6.އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ސްޕެއަރޕާޓްސް

މީގެ އިތުރުން، ދުންފަތް ނުވަތަ ނިކޮޓިންގ އެކުލެވޭ ބާވަތްތަކާއި އެތަކެތިބުއިމަށް ބޭނުންކުރާ އާލާތްތަކާއި، އީ-ސިގިރެޓާއި، ޝީޝާ އަދި ފްލެވަރޑް ސިގިރެޓްނުވަތަ އީ-ލިކުއިޑް ފަދަ ތަކެއްޗަށް ޑިއުޓީގެ އިނާޔަތް ދިނުން 2024 އޯގަސްޓް 1 ވަނަ ދުވަހުން ފެށިގެން ހުއްޓާލެވޭނެ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

އަދި، ޝިޕްމެންޓްގައި ހިމެނޭތަކެއްޗަކީ ޑިއުޓީ އިނާޔަތުގެ ބޭނުން ނަހަމަގޮތުގައި ހިފައި، އަމިއލަ ބޭނުން ފިޔަވައި އެހެން ގޮތްގޮތަށް ނުވަތަ ވިޔަފާރީގެ ބޭނުމަށްއެތަކެތި ބޭނުންކުރާ ފަރާތެއްކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވޭ ފަރާތްތަކުން ގެންނަތަކެއްޗަށްވެސް ޑިއުޓީގެ އިނާޔަތެއް ނުލިބޭނެ ކަމަށް ބުންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

ސިއްރުން ރާއްޖެ އެތެރެކުރަން އުޅުނު 8.5 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި
29 Sep 2026 ހަބަރު

ސިއްރުން ރާއްޖެ އެތެރެކުރަން އުޅުނު 8.5 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި

ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން ބުނީ، ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެ...

ކޫރިއަރ ޕެކޭޖުތަކެއްގައި ފޮރުވައިގެން ގެނައި 11 ކިލޯގެ ކެނަބިސް އަތުލައިގެންފި
29 Sep 2026 ހަބަރު

ކޫރިއަރ ޕެކޭޖުތަކެއްގައި ފޮރުވައިގެން ގެނައި 11 ކިލޯގެ ކެނަބިސް އަތުލައިގެންފި

ކޫރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން މަސައްކަތްކުރި 11.75 ކިލޯ ކެނަބިސް ދެ ޕެކޭޖެއްގެ ތެރެއިން ކަސްޓަމްސްއިން ހޯދައި އަތުލައިގެންފިއެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި 2026 ވަނަ އަހަރުގެ ސެޕްޓެމްބަރ...

ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
24 Sep 2026 ހަބަރު

ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި

އިންޑިއާއިން ރާއްޖެ އައި ދެ ފަސިންޖަރެއްގެ ލަގެޖުން 3,345 ގްރާމުގެ ކެނަބިސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ. މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރ...

ޓީޓީ ހައްދާވަރަށް މުދާ ރާއްޖެ ނާންނަ މައްސަލަ ވަނީ ފާހަގަކުރެވިފައި: އިހްސާން
14 Sep 2026 ހަބަރު

ޓީޓީ ހައްދާވަރަށް މުދާ ރާއްޖެ ނާންނަ މައްސަލަ ވަނީ ފާހަގަކުރެވިފައި: އިހްސާން

ރާއްޖެއިން ބޭރުން މުދާ އެތެރެކުރުމަށްޓަކައި ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހައްދާ މިންވަރަށް ރާއްޖެއަށް މުދާ ނާންނަކަން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީ...

ބްރިޖްގައި ބޯޓު ޖެހުނު ހާދިސާގައި ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީ ވާންޖެހޭނެ: އެމްޑީޕީ
12 Sep 2026 ހަބަރު

ބްރިޖްގައި ބޯޓު ޖެހުނު ހާދިސާގައި ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީ ވާންޖެހޭނެ: އެމްޑީޕީ

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި މާލެ ކައިރީގައި އަޅާފައި އޮތް، ހައިޓީގައި ރަޖިސްޓްރީކޮށްފައިވާ ދެ ބޯޓެއްގެ ނަގިލި ކަހައިގެން ގޮސް ރޭ ސިނަމާލެ ބްރިޖުގެ ތަނބަކަށް އުރި ހިނގި ހާދިސާއާ ގ...