ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
އިންޑިއާއިން ރާއްޖެ އައި ދެ ފަސިންޖަރެއްގެ ލަގެޖުން 3,345 ގްރާމުގެ ކެނަބިސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
އެ ދެ ފަސިންޖަރުންގެ ލަގެޖުގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން ކަސްޓަމްސް އިން އެ ލަގެޖް ބަލައި ފާސްކުރިއެވެ.އެ ބަލައި ފާސްކުރުމުން ފެނުނީ 3.3 ކިލޯއަށް ވުރެ ގިނަ ކެނަބިސް ބާވަތުގެ މަސްތުވާތަކެއްޗެވެ.
މި މައްސަލައާ ގުޅިގެން އެއީ ކޮން ރައްޔިތެއްތޯ އަދި ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް