ކޫރިއަރ ޕެކޭޖުތަކެއްގައި ފޮރުވައިގެން ގެނައި 11 ކިލޯގެ ކެނަބިސް އަތުލައިގެންފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ކޫރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން މަސައްކަތްކުރި 11.75 ކިލޯ ކެނަބިސް ދެ ޕެކޭޖެއްގެ ތެރެއިން ކަސްޓަމްސްއިން ހޯދައި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު ހަތް ވަނަ ދުވަހު ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ދެ ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައި އެ ތަކެތީގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވުނެވެ.
އެއާ ގުޅިގެން ހިންގި އިތުރު ބަލައި ފާސްކުރުމުގައި 11،750 ގްރާމް ކެނަބިސް ވަނީ ފެނިފައެވެ.
މިއީ ކޫރިއަރ ޗެނަލް ބޭނުންކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމުގެ ގޮތުން ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް