އެލްޖީއޭގެ ސީއީއޯ ނިމާލް- ފޮޓޯ/ އެލްޖީއޭ
އެލްޖީއޭގެ ސީއީއޯ ނިމާލް- ފޮޓޯ/ އެލްޖީއޭ
ހަބަރު 04 Oct 2026 | 05:51

ވަކި ސިޔާސީ ފިކުރެއް ޕްރޮމޯޓް ކުރަން ކައުންސިލްގެ މުދަލާއި ބިން ބޭނުންނުކުރަން އެލްޖީއޭއިން އެދިއްޖެ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމުގެ ބޭނުމުގައި ކައުންސިލް އިދާރާތަކުގެ މުދަލާއި ބިން ބޭނުންކުރުމަކީ ލާމަރުކަޒީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެ އެފަދަ ޢަމަލުތައް ނުކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އެދިއްޖެއެވެ.

އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ސޮއިކުރައްވައި ސިޓީތަކާއި ރަށު ކައުންސިލްތަކުގެ ރައީސުންނަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވަނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުންނަ ވަސީލަތްތައް ހޭދަކުރަންޖެހޭނީ ޤާނޫނުން އެ އިދާރާތަކާ ޙަވާލުކޮށްފައިވާ ޒިންމާތައް އަދާކުރުމަށް އެކަނި ކަމަށެވެ. ހަމައެހެންމެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް މީހެއްގެ ނިސްބަތްވާ ކުލައަށް ނުވަތަ ޢާއިލާއަށް ނުބަލައި ހަމަހަމަ އުސޫލެއް ގެންގުޅެންޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.

އަދި ކައުންސިލް އިދާރާގެ ގޯތިތެރެއާއި ޢާންމު ޚިދުމަތްތަކަށް ކަނޑައެޅިފައިވާ ބިންތައް ޕާޓީއެއްގެ ފިކުރު ފެތުރުމަށް ބޭނުންކުރުމަކީ ޤާނޫނާ ޚިލާފު ކަމެއްގެ ގޮތުގައި އެ އޮތޯރިޓީން ދެކޭ ކަމަށާ އެފަދަ ކަންކަމަކީ ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ވެސް ފުށުއަރާ ޢަމަލެއް ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

"ކައުންސިލް އިދާރާއަކީ ރައްޔިތުން ހިދުމަތް ހޯދުމަށް އަންނަ މުހިއްމު އިދާރާއެއްކަމުން އެފަދަ ތަންތަނުގައި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދިގެންދާނެ ކަމެއް ކަމުގައި ވެސް ދެކެމެވެ. ކައުންސިލްތަކަކީ ލާމަރުކަޒީ އުސޫލުން ދައުލަތުގެ ހިދުމަތްތައް ދިނުމަށް ގާނޫނުން ގާއިމްކޮށްފައިވާ ފަށަލައަކަށްވާއިރު ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތައް ދިނުމުގައި ސިޔާސީ ފިކުރެއް ޕްރޮމޯޓުނުވާނެހެން ކައުންސިލްތައް އަމަލުކުރުމަކީ މި ނިޒާމަށް ރައްޔިތުން ކޮށްފައިވާ އިތުބާރު ގެއްލޭނެ އަމަލެއްކަމުގައި މި އޮތޯރިޓީން ދެކެމެވެ.“ އެލްޖީއޭގެ ސިޓީގައި ބުނެފައިވެއެވެ.

އެލްޖީއޭއިން މިފަދަ އެންގުމެއް އަންގާފައިވާއިރު، މިމަހު 1 އިން 3 އަށް ބޭއްވި އިދިކޮޅު އެމްޑީޕީގެ ކޮންގްރެސް ބާއްވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ހޯލުގައިކަން ފާހަގަކޮށްލަންޖެހެއެވެ. އެޕާޓީން ބުނި ގޮތުން އެތަނުގައި ކޮންގްރެސް ބާއްވަންޖެހުނީ އިތުރު އެއްވެސް ތަނެއް ނުލިބިގެންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...