ޕްރިންސަސް އޮފް ވޭލްސް ކޭޓް މިޑަލްޓަން-- ފޮޓޯ: ގެޓީ އިމޭޖަސް
ޕްރިންސަސް އޮފް ވޭލްސް ކޭޓް މިޑަލްޓަން-- ފޮޓޯ: ގެޓީ އިމޭޖަސް
ދުނިޔެ 23 Mar 2024 | 04:26

ޕްރިންސަސް ކޭޓް އަށް ކެންސަރު ޖެހިފައިވާކަން ހާމަ ކުރައްވައިފި

އިނގިރޭސިވިލާތުގެ ވަލީ އަހުދު، ޕްރިންސް ވިލިއަމްސް ގެ އަނބިކަބަލުން ޕްރިންސަސް ކޭޓް މިޑަލްޓަން އަށް ކެންސަރު ޖެހިފައިވާކަން ހާމަކުރައްވައިފިއެވެ.

ސޯޝަލްމީޑިއާއަށް ކޭޓް ދޫކޮށްލެއްވި ވީޑިއޯގައި ވިދާޅުވީ، މި އަހަރުގެ ޖެނުއަރީމަހު އެކަމަނާ ލަންޑަނުގައި ބަނޑުގެ އޮޕްރޭޝަނެއް ކުރި އިރު، އޭރު ކެންސަރު ހުރިކަން ފާހަގަ ނުކުރެވޭ ކަމަށެވެ. ނަމަވެސް އޮޕަރޭޝަނަށް ފަހު ހެދި ޓެސްޓްތަކުން އެކަމަނާ އަށް ކެންސަރު ޖެހިފައިވާކަން ހާމަވެގެން ދިޔަ ކަމަށް ވެސް ކޭޓް ވިދާޅުވިއެވެ.

ކޭޓް އަށް ޖެހިވަޑައިގަތީ ކޮންކަހަލަ ކެންސަރުގެ ބާވަތެއް ކަން ވިދާޅުނުވި ނަމަވެސް ކެންސަރުގެ ބަލިމަޑުކަން ފެނުމާއި އެކު އެކަމަށް ފަރުވާ ހޯދަން ފެށި ކަމަށާއި، އެގޮތުން މެޑިކަލް ޓީމުގެ އިރުޝާދުގެ ދަށުން ކީމޯތެރަޕީގެ ފުރަތަމަ މަރުހަލާ މިހާރު ފަށްޓަވާފައިވާ ކަމަށް ކޭޓް ވިދާޅުވި އެވެ.

އުމުރުފުޅުން 42 އަހަރުގެ ކޭޓް "ގެއްލިގެން" ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް ކޭޓް ދެއްވި މި ހަބަރަކީ ގިނަ ބަޔަކަށް ހައިރާންކަން ގެނެސްދިން ހަބަރެކެވެ. މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން އެކަމަނާ އާންމުންގެ ތެރެއަށް ނިކުމެފައި ނުވާއިރު، ކެންސިންގޓަން ޕެލަސް އިން ވަނީ މި އަހަރުގެ އޭޕްރިލްމަހުގެ ކުރިން ޕްރިންސަސް ކޭޓް އާންމުންގެ ތެރެއަށް ނުކުމެ ބައްދަލު ނުކުރައްވާނެ ކަމަށް ވެސް މީގެ ކުރިން ބުނެފައެވެ.

ޕްރިންސަސް ކޭޓް އަށް ކެންސަރުގެ އާލާސްކަންފުޅު ޖެހިފައިވާކަން ހާމަކުރެއްވި އިރު، އިނގިރޭސިވލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ ވެސް ދަނީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންކަން ފާހަގަކޮށްލަންޖެހެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.