ރަސްދޫގެއެއްގައި ރޯވެ ދެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އއ. ރަސްދޫގެއެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއް ގައި ދެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
ފިހިފައި ވަނީ އަލިފާނުގެ ހާދިސާ ހިނގި ކޮޓަރީގައި އުޅުނު ދެމަފިރިއެކެވެ. ރަސްދޫ ކައުންސިލުން ބުނީ އެ ދެމަފިރީންގެ ހަށިގަނޑުން ބައެއް ފިހިފައިވާ ކަމަށެވެ.
އަދި އިތުރު ފަރުވާއަށް މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ.
އެ ގޭގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ބަލަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް