14 އަހަރުގެ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރީ ދެ ސްކައުޓުން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރ.އިނގުރައިދޫގައި މޫދަށް މަސްހިފަން އެރެ އުޅެނިކޮށް، ގެނބެމުންދިޔަ ކުއްޖަކު ދެ ސްކައުޓަކު ވެގެން ސަލާމަތްކޮށްފިއެވެ.
މައުލޫމާތު ލިބުނުގޮތުގައި މިމަހުގެ 18 ވަނަ ދުވަހު މި ހާދިސާ ހިނގާފައިވަނީ މޫދަށް އެރި މަސްހިފަން އުޅުނު ތިން ކުއްޖަކާއި މެދުގައެވެ. ވޮއިސް އަށް މައުލޫމާތު ދެމުން އެކުއްޖާގެ އާއިލާ ބޭފުޅަކު ވިދާޅުވީ މަސް ހިފަން ގޮސް އުޅުނީ 14،15 އަދި 16 އަހަރުގެ ތިންކުދިން ނެވެ. އެކުދިން މަސް ހިފަންދިޔައީ އިނގުރައިދޫ އިރުމަތީ ކޮޅުގެ ފުއްޓަރުން ބޭރަށެވެ.

އޭގެތެރެއިން އެއްކުއްޖަކު ފާނަ އަކަށް ދަގަޑު ޖަހައި ނުނެއްޓިގެން އުޅުނީ އަދި ދަގަޑު ގައި އޮތް ވާގަޑު ދެއަތުގައި ބެދި ނުނެއްޓި މޫދު އަޑީގެ 6 މީޓަރ އަޑީގައި ނޭރި ހަބަރު ހުސްވާ ގޮތް ވެފައި އޮއްވާ ދެން ދިޔަ ދެކުދިންނަށް ފެނުނީ. އެ ދެކުދިން ވެގެން ގެބުނު ކުއްޖާ ނެގި އިރު ރަގަޅަށް ނެވާވެސް ނުލެވޭ، ހަބަރު ހުސްވެފައި، އަނގައިން ހުދު ފޮނު އަރާފައި އޮތީ ނަމަވެސް ދެންތިބި ދެކުދިން އަކީ އިނގުރައިދޫ ސުކޫލްގެ ސްކައުޓުން ކަމުން އެދެކުދިން އޭނާއަށް އަވަސް ފަރުވާ ދިނުމުގެ ސަބަބުން ސަލާމަތްވި ކަމަށް ވޮއިސްއަށްމައުލޫމާތު ދިންފަރާތުން ހާމަކުރެއެވެ.
ގެބުނު ކުއްޖާ ސަލާމަށް ކުރި ދެކުދިންނަށް ދަނީ ސޯސަލް މީޑިޔާގައި ތަރުހީބު އޮހެމުންނެވެ. އަދި އަގުވަޒަން ކުރުމުގެ ގޮތުން އެރަށު ސުކޫލުންވަނީ ސަލާމަށް ކުރި ދެކުދިންކަމަށްވާ އަލީ ފައުޒަން އަދި ނިސާހު އަބުދުލްގަފޫރު އަށް ސެޓްފިކެޓް ދީފައެވެ.
އަދި ސްކައުޓް އެސޯސިއޭޝަނުންވެސް ވަނީ މި ދެކުދިން ދެއްކި ހިތްވަރުގަދަކަމަށް ހާއްސަ އެވޯޑެއް ދިނުމަށް ނިންމާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް