މާލޭގެ ބޮޑެތި މިސްކިތްތައް އޭސީ ކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލޭގެ ބޮޑެތި މިސްކިތްތައް އޭސީ ކޮށްފި އެވެ.
މިސްކިތުގެ މައި ހޯލުގައި 800 މީހުންނަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާބައި އޭސީ ކުރުމަށް ސަރުކާރުން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި ގޮތުގައި މާލޭގައި ހުރި ހަތަރު މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާބައި ރޯދަ މަސް ފެށުމުގެ ކުރިން އޭސީ ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތަށް، އެ ހަތަރު މިސްކިތް އޭސީކޮށް ނިންމާ ރެއިން ފެށިގެން ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
އެ މިސްކިތްތަކަކީ، ފުރުޤާން މިސްކިތާއި ޖަލާލުއްދީން މިސްކިތާއި ވިޔަފާރިވެރިންގެ މިސްކިތް އަދި ހުޅުމާލެ އުމަރު ބިން ޚައްޠާބު މިސްކިތެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް