ލެވަކޫސަންގެ ޖެރެމީ ފްރިމްޕޮން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ލެވަކޫސަންގެ ޖެރެމީ ފްރިމްޕޮން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު 04 Mar 2024 | 04:58

ރަށުން ބޭރުގައި ކޮލޯން އަތުން މޮޅުވެ ލެވަކޫސަން އިން 10 ޕޮއިންޓަށް ލީޑު ފުޅާކޮށްފި

ޖަރުމަނު ބުންޑަސްލީގާގައި އާދީއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި އެފްސީ ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލެވަކޫސަން އިން ލީގު ތާވަލުގެ ކުރީގައި 10 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

މެޗު ފެށިގެން 14 ވަނަ މިނެޓުގައި ކޮލޯންގެ ފޯވާޑް ޖާން ތިއެލްމަން ކުރި ކުށަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.

މިސީޒަނުގައި އަދި މިހާތަނަށް މެޗަކުން ބަލިވެފައި ނުވާ ލެވަކޫސަން އިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނެދަލޭންޑްސްގެ ޑިފެންޑަރު ޖެރެމީ ފްރިމްޕޮން އެވެ.

މީގެ އިތުރުން ވެސް މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ލެވަކޫސަން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ލެވަކޫސަން އިން މެޗު ޑޮމިނޭޓުކުރި އިރު އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޕެނިޝް ޑިފެންޑަރު އެލެކްސް ގްރިމާލްޑޯ އެވެ. މިއީ އެޓީމުގެ މޮރޮކޯ މިޑްފީލްޑަރު އަމީން އާދިލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ލެވަކޫސަން ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 24 މެޗުން އެޓީމަށް 64 ޕޮއިންޓް ލިބިފައިވާއިރު، ދެވަނަގައި އޮތް ބަޔާން މިއުނިކަށް 24 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި ކޮލޯން އިން ލީގުގައި ކުޅުނު 24 މެޗުން ލިބުނު 17 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 16 ވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...