މާލޭގެ ގެއެއްގައި އަލިފާން ރޯވެ އެމްްއެންޑީއެފް ހަރަކާތްތެރިވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މ. ހާޑްރޮކް ކިޔާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން އެމްއެންޑީއެފް ގެ ފަޔާއެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވެއްޖެއެވެ
މައުލޫމާތު ލިބޭގޮތުގައި ކަރަންޓުގެ ހާދިސާ ހިނގާފައިވަނީ މ.ހާޑްރޮކް ދެވަނަ ފަންގިފިލާގައެވެ. މިހާދިސާ ހިނގާފައިވަނީ ކަރަންޓް ޝޯޓްއެއްގެ ސަބަބުން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއްވައެވެ.
މިއަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވި އެއްކޮށް ނިއްވާލެވިފައިކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.
އަލިފާން ގަނޑު ނިއްވާލެވިފައިވީނަމަވެސް އަލިފާނުގެ ސަބަބުން ދުން ބޯވެފައި ވުމުން ދުން ބޭރުކުރުމުގައި އަދިވެސް ފަޔާއެންޑް ރެސްކިއު ޓީމުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މިހާދިސާގެ އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވަނީ މިރޭ 12:28 ގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް