ކޮމިޝަނަރ އޮފް ޕްރިޒަންސްކަމުން ޝިހާން ވަކިކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި އަހުމަދު ޝިހާން އެ މަގާމުން ވަކިކޮށްފިއެވެ.
ޝިހާން މަގާމުން ވަކިކުރިކަން ރައީސް އޮފީހާއި މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ފަރާތުން ޔަގީންކޮށްދީފައެވެ.
ކަރެކްޝަންސްއިން ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޝިހާން ހުންނެވި ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމުން މިއަދު އެބޭފުޅާ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ.
އެމަގާމަށް އަދި އާ ބޭފުޅަކު އައްޔަންކޮށްފައިނުވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ޝިހާން މަގާމުން ވަކިކޮށްފައިވާ ދަނޑިވަަޅަކީ، އޭނާ މަގާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރައްވާކަމަށްބުނެ މަގާމުން އިސްތިއުފާ ދިނުމަށް ގިނަބަޔަކު އެދެމުންދިޔަ ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް