ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ އިސްތިއުނާފުކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ފުލުހުން ތަހުގީގުކުރަމުންދާ މައްސަލަތަކަކާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނުގެ ގާނޫނީ ވަކީލު އަލްއުސްތާޛާ އައިޝަތު އާާޒިމާ ޝުކޫރެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މީ ސިޔާސީ ކަމެއް. ސަރުކާރުން ރައީސް ޔާމީނަށް ގެއްލުން ދޭން ކުރާ ކަމެއް. ކޯޓު އަމުރުވެސް ނެރުވާފައި ވަނީ ސިޔާސީ ގޮތުން." އާޒިމާ ވިދާޅުވި އެވެ.
އާާޒިމާ ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުމަށް ނެރެވުނު އަމުރުތަކަކީ ޖިނާއީ އިޖްރާއަތްތަކުގެ ގާނޫނާއި ޚިލާފު، އެމަނިކުފާނުގެ އަސާސީ ހައްގުތައް ނިގުޅައިގަނެވޭނެފަދަ ގޮތަކަށް ނެރެވިފައިވާ އަމުރުތަކެއް ކަމަށެވެ.
އެހެންކަމުން އެ އަމުރުތައް ބާތިލްކުރުމަށް ހައިކޯޓަށް ހުށައެޅި މައްސަލައިގެ މަައިގަނޑު ގާނޫނީ ދެ ނުކުތާއަކީ އެއީކަމަށްވެސް އާޒިމާ ފާހަގަކުރެއްވިއެވެ.
މި މައްސަލަ ހައިކޯޓަށް ހުށައެޅި އިރު، ހައިކޯޓު އޮތީ ރިސެސްގައިކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް