މާބްލް ޖަހާފައިވާ ސަރަހައްދު އަދި ހުޅުވާނުލާނަން: މިނިސްޓަރ ނަހުލާ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިސްލާމީ މަރުކަޒު ކައިރީގައިވާ މާބްލް ޖަހާފައިވާ ސަރަހައްދު އަދި ހުޅުވާނުލާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތުނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އަމީރު އަހުމަދު މަގު އާންމު ޓްރެފިކަށް ހުޅުވާލުމާއި ބެހޭގޮތުން މީޑިޔާތަކާއި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާ ވިދާޅުވީ މާބްލް ޖަހާފައިވާ ސަރަހައްދު ހިމެނޭ މެދުޒިޔާރަތްމަގު އާންމު ޓްރެފިކަށް ހުޅުވާލާނީ ބަންޑާރަކޮށި ހިމެނޭ އަމީރު އަހުމަދު މަގު ހުޅުވާލުމުން ޓްރެފިކަށް އަންނަ ބަދަލަށް ބަލާފައި ކަމަށެވެ.
މިނިސްޓަރ ނަހުލާ މިހެން ވިދާޅުވެފައިވާއިރު އާންމުންގެ ގިނަ ފަރާތްތަކުން ދަނީ އެމަގުން މާބްލް ނެގިކަމުގައިވިޔަސް، ޓްރެފިކްއަށް ނުވަދެވޭ ގޮތަށް ވަކި ވަގުތުތަކެއްގައި ނުވަތަ އެއްކޮށް ނަމަވެސް ބަންދުކުރުމަށް އެދިފައެވެ. ސަބަބަކީ މާލެ ތޮއްޖެހިފައިވުމުގެ ސަބަބުން އެ ސަރަހައްދުހައި ބޮޑުކޮށް އާންމުންނާއި ކުޑަކުދިންނަށް ހިނގާވެ ބިނގާވެ ވަގުތު ހޭދަކޮށްލެވޭނެ ސަރަހައްދުތައް މަދުވެފައިވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް