އެމްޑީޕީގެ ޕީޖީ ލީޑަރަކަށް އަަސްލަމް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ކަމުގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހޮވައިފިއެވެ.
މި މަގާމަށް އަސްލަމް ހޮވިފައިވަނީ، ޕީޖީ ގްރޫޕްގެ ލީޑަރުގެ މަގާމު ހުސްވުމުން އެމަގާމަށް ކުރިމަތިލުމަށް އިއުލާންކުރުމުން، އެބޭފުޅާ އެކަނި އެ މަގާމަށް ކުރިމަތިލެއްވުމުންނެވެ. އަސްލަމް އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި 14 އަހަރު ވޭތުކުރައްވާފައިވާ ބޭފުޅެކެވެ.
އަސްލަމް ޕީޖީ ލީޑަރަކަށް އައްޔަންކުރުމުގެ އިތުރުން ޕީޖީ ގްރޫޕްގެ ޗީފް ވިޕްއަކަށް ވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރުވެސް އައްޔަންކޮށްފައެވެ.
އަސްލަމް ވަނީ ރައީސް ނަޝީދުގެ ޖަޒީރާ ރާއްޖެ ކެމްޕެއިންގައި ކެމްޕެއިން މެނޭޖަރެއްގެ ގޮތުން ހަރަކާތްތެރިވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އަސްލަމް ވަނީ މަޖިލީހުގެ އިތުރު ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް