ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ ދަރަވަންދޫ އަށް
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
މިދިޔަ 24 ގަޑިއިރުތެރޭ ގައި އެންމެ ގިނައިން ވާރޭވެހުނީ ބ.ދަރަވަންދޫ އަށް ކަމަށް މުސުމާ ބެހޭއިދާރާއިން ބުނެފިއެވެ.
އެގޮތުން ބ.ދަރަވަންދޫ އަށް ވަނީ 10.5 މިލިމީޓަރުގެ ވާރޭވެހިފައެވެ.
ދެން އެންމެ ބޯކޮށް މިދިޔަ 24 ގަޑިއިރުތެރޭ ވާރޭވެހުނީ ށ.ފުނަދޫ އަށް ށެވެ. އެރަށަށް 8.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓު އެފީހުން ހާމަކޮށްފައިވެއެވެ.

އަދި މީގެ އިތުރުން މި މަހު 8 ވަނަ ދުވަހުގައި ރ.އިފުރު އަށް ވަނީ ރިކޯޑުއަދަދަކަށް ވާރޭ ވެހިފައެވެ.
އެއީ 72.0 މމިލިމީޓަރުގެ ވާރޭއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް