ލޭގެ ޞަދަޤާތް ލަވައިގެ ޕޯސްޓަރު
ލޭގެ ޞަދަޤާތް ލަވައިގެ ޕޯސްޓަރު
ލައިފްސްޓައިލް 25 Jun 2026 | 17:32

ލޭ ހަދިޔާ ކުރުމަށް ހޭލުންތެރިކުރަން "ލޭ އެޕް"އިން އިސްނަގައިގެން ނެރޭ ”ލޭގެ ޞަދަޤާތް“ ލަވަ މާދަން ރިލީސް ކުރަނީ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ލޭ ހަދިޔާ ކުރުމަށް ހޭލުންތެރިކުރަން "ލޭ އެޕް"އިން އިސްނަގައިގެން ނެރޭ  ”ލޭގެ ޞަދަޤާތް“ ލަވަ މާދަން ރިލީސް ކުރަން ނިންމައިފިއެވެ.

މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު، ޓީވީއެއްގެ ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ.

މި ލަވައަކީ ލޭ ހަދިޔާ ކުރުމުގެ ހުރި މަތި ކަމާއި، އޭގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާފައިވާ ލަވައަކަށްވާއިރު، ލޭ ނުލިބުމުގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަކޮށްލަންޖެހެއެވެ.

އެގޮތުން ތެލެސީމިއާ ހުންނަ ފަރާތްތަކާއި، އެނޫންވެސް އެހެނިހެން ޙާލަތްތައް މެދުވެރިވެ، ލޭ ބޭނުންވާ ދަނޑިވަޅުތަކުގައި ވަރަށް ގިނަ މީހުންގެ ހުންނަ ލޭގެ ގުރޫޕްތަކުގެ ލޭވެސް ހޯދަން ބުރަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އަމިއްލައަށް އިސް ނަގައިގެން ގަވާއިދުން ބްލައިޑް ބޭންކަށް ލޭ ހަދިޔާ ކުރާ މީހުން އަދިވެސް މަދެވެ.

އެހެންކަމުން، މިއީ އެކަމަށް ހިތްވަރުދީ، ލޭ ހަދިޔާ ކުރުމަށް ބާރު އެޅުމުގެ މަޤުސަދުގައި ނެރޭ ލަވައެއް ކަމުގައި ލަވަ އުފައްދާފައިވާ ފަރާތުން ބުނެއެވެ.

މިއީ ލޭ އެޕް އިން އިސްނަގައިގެން އެހީ ޖަމިއްޔާއާއި ގުޅިގެން ނެރޭ"އިސްލާމިކް ރިދަމް"ގެ އުފެއްދުމެކެވެ. މި ލަވައަކީވެސް އިސްލާމިކް ރިދަމްއިން މީގެ ކުރިން ނެރެފައިވާ ލަވަތަކެކޭ އެއްފަދައިން، ތަފާތު އަދި އަސަރުގަދަ މަސައްކަތަކަށް ވެގެންދާނެއެވެ.

މޫސާ ޝިފާއުގެ އަސަރުގަދަ އަޑުން ކިޔާފައިވާ މި ލަވައިގެ ޅެން ހަދާފައިވަނީ އީސާ ޝަރީފެވެ. ލަވައިގެ އޯޑިއޯ ރެކޯޑިންގްގެ މަސައްކަތް ޙުސައިން ތައުފީޤު ފުރިހަމަކޮށްފައިވާއިރު، ވީޑިއޯ ޕްރޮޑަކްޝަން ހަދާފައިވަނީ 'އޯކޭޒް އިންކް' އިންނެވެ. މި ލަވައިގެން މީޑިއާ ޕާޓްނަރަކީ 'ވޮއިސް' އެވެ.

އިސްލާމިކް ރިދަމް އަކީ މީގެ ކުރިންވެސް އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަފާތު ލަވަތަކެއް ނެރެފައިވާ ބައެކެވެ. އެގޮތުން "ރޮއްވާފަ ލޯތައް" ލަވައަކީ ގިނަ ބައެއްގެ ހިތްތަކާ ކުޅެލި، އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެވެ. މީގެ އިތުރުން "އުޖާލާވެ އުދަރެސް"، "އޮއްސުމުން" އަދި "ކަރުނަ" ފަދަ ލަވަތަކަކީވެސް މަގުބޫލު އުފެއްދުން ތަކެކެވެ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހުޅުދުއްފާރު ދެކުނު އަވަށުގައި މިސްކިތެއް ބިނާކުރުމަށް ބައިވެރިވުމުގެ ފުރުސަތު
21 Aug 2026 ހަބަރު

ހުޅުދުއްފާރު ދެކުނު އަވަށުގައި މިސްކިތެއް ބިނާކުރުމަށް ބައިވެރިވުމުގެ ފުރުސަތު

ރ. ހުޅުދުއްފާރުގެ ދެކުނު އަވަށުގައި 250 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް އެހީވުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢުއަށް އިސްނެގި އާއިލާއިން ވަނީ ޖުމްލަ ޚަރަދުގެ 20 އިންސައ...

26 Jun 2026 ލައިފްސްޓައިލް

”ލޭގެ ޞަދާޤާތް“ ލަވަ ރިލީސް ކޮށްފި؛ ދައްކުވައިދެނީ ދަރިފުޅަށް ލޭ ހޯދުމަށް މަސައްކަތްކުރަމުންދާ ބައްޕައެއްގެ އިޙްސާސްތައް

ލޭ ހަދިޔާ ކުރުމަށް ހޭލުންތެރިކުރަން "ލޭ އެޕް"އިން އިސްނަގައިގެން ނެރޭ ”ލޭގެ ޞަދަޤާތް“ ލަވަ ރިލީސްކޮށްފިއެވެ. މި ލަވަ ރިލީސްކޮށްފައިވަނީ މިއަދު ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ. މިއީ މިއީ ލޭ އެޕް ...

22 Jun 2026 ލައިފްސްޓައިލް

އަނެއްކާވެސް އިސްލާމިކް ރިދަމްގެ ތަފާތު ލަވައެއް؛ ”ލޭގެ ޞަދަޤާތް“ ޓްރެއިލާ ނެރެފި

"އިސްލާމިކް ރިދަމް"ގެ އާ ލަވަ "ލޭގެ ޞަދަޤާތް" ގެ ޓްރެއިލާ އާންމުކޮށްފިއެވެ. މި ލަވައަކީވެސް އިސްލާމިކް ރިދަމްއިން މީގެ ކުރިން ނެރެފައިވާ ލަވަތަކެކޭ އެއްފަދައިން، ތަފާތު އަދި އަސަރުގަދަ މަސައްކަތަކަށް ...

ވީރާނާވެ ހަލާކުވަމުންދާ ކުޑަކުޑަ ގެއެއްގައި ދިރިއުޅެމުންދާ މި ޢާއިލާއަށް އެހީވަމާ
15 Mar 2026 ރިޕޯޓް

ވީރާނާވެ ހަލާކުވަމުންދާ ކުޑަކުޑަ ގެއެއްގައި ދިރިއުޅެމުންދާ މި ޢާއިލާއަށް އެހީވަމާ

ގޭގެ ކޮންމެ ތަނަކަށް ބަލާލިނަމަވެސް ވީރާނާކަމާ ފަޅުކަމެވެ. ބާވެ ހަލާކުވަމުންދާ ކުޑަކުޑަ ގެއެކެވެ. ދުރުން ބަލާ މީހަކަށް ހީވާނީ އެއީ ފަޅަށް ހުންނަ ތަނެއް ހެންނެވެ. އެ ހާލަތުގައި ހުރި ތަނެއްގައި ރާއްޖޭގެ...

ޓިނުން ހަދާފައިވާ ގެއެއްގައި، ގަދަ ހޫނުގައި، ދިރިއުޅެމުންދާ ނިކަމެތި އާއިލާއެއް؛ ޙާލަތު ބަދަލު ކޮށްލުމުގެ ފުރުޞަތު
15 Mar 2026 ރިޕޯޓް

ޓިނުން ހަދާފައިވާ ގެއެއްގައި، ގަދަ ހޫނުގައި، ދިރިއުޅެމުންދާ ނިކަމެތި އާއިލާއެއް؛ ޙާލަތު ބަދަލު ކޮށްލުމުގެ ފުރުޞަތު

ދިވެހިން ދިރިއުޅޭ ގެތައް، ފަނުންނާއި، ލަކުޑިންނާއި ޓިނުން ހަދައިގެން އުޅުނު ޒަމާން ފާއިތުވެ ގޮސްފައިވާ ކަމަށް އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ހީވެފައި އޮތް ނަމަވެސް، ރާއްޖޭގެ އެކިއެކި ރަށްތަކަށް...

”ކެމްލެބް“ ގެ ބޮޑު ރޯދަ ވީއްލުން މިއަދު ހިޔާ ޕާކުގައި
06 Mar 2026 ހަބަރު

”ކެމްލެބް“ ގެ ބޮޑު ރޯދަ ވީއްލުން މިއަދު ހިޔާ ޕާކުގައި

ކެމްލެބް (Chemlab) ގެ ފަރާތުން ހަދިޔާކުރާ ބޮޑު ރޯދަވީއްލުން މިއަދު ހަވީރު ހުޅުމާލެ ފޭސް 2 ގައި ބޭއްވުމަށް ނިންމައިފިއެވެ. މި ރޯދަވީއްލުމަކީ ކެމްލެބާއި އިތުރު ބައެއް ޖަމިއްޔާތަކާއި މުއައްސަސާތައް ގުޅިގ...