N/A
N/A
ހަބަރު 18 Dec 2018 | 11:36

ސަރުކާރަށް 30 ދުވަސް: ސަރުކާރުގެ ނިންމުންތައް ސާފުކޮށްދިނުމަށް "ތަރުޖަމާނު" ނުކުޅެދިފައި

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

އިއްޔެއަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރައީސުލްޖުމްހޫރީޔާގެ މަޤާމާ ހަވާލުވެވަޑައިގެންނެވިތާ 30 ދުވަސް ފުރިހަމަ ކުރެވުނު ދުވަހެވެ. ރައްޔިތުންގެ ފޮނި އުންމީދުތަކައިގެން ވެރިކަމަށް އައި ކޯލިޝަންގެ ތެރެއިން ސަރުކާރު އެތުރި ހިނގައިގަންނަން ފެށުނު ހިސާބުން ރައްޔިތުންނަށް މި އުންމީދީ ސަރުކާރާ މެދު ސުވާލުތައް ކުރެވެން ފެށުނެވެ.

ފާއިތުވި ސަރުކާރުތަކާއި ޙިލާފަށް މި ސަރުކާރުން ބޭފުޅުން އައްޔަން ކުރުމުގައި ލަސްކަމެއް ފެނިގެންދިޔަ އެވެ. މީގެކުރިން ފެނިފައިވާ މީޑިޔާއާއި ދުރު ސަރުކާރުތަކުން ވެސް އެންމެ ފުރަތަމަ އައްޔަންކުރައްވާ ބޭފުޅުންގެ ތެރޭގައި އެ ސަރުކާރެއްގެ ތަރުޖަމާނު ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް މީޑިޔާއާގާތް ރައީސް ޞާލިހްގެ ސަރުކާރުން ހަފްތާއެއް ނިމިދިޔަ އިރު މިމަޤާމަށް ބޭފުޅަކު އައްޔަން ނުކުރެެއްވި ދިގުލައިގެން ދިޔަކަން ފާހަގަކުރެވެއެވެ.

އެހެން ސަރުކާރުތަކާ ޙިލާފަށް ސަރުކާރުގެ ތަރުޖަމާނުގެ ނަން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓުގެ ނަމަށް ބަދަލުކުރައްވާފައެވެ. އެމަޤާމަށް އައްޔަން ކުރެވުނީ އައްޑުއަތޮޅު ހިތަދޫ އާސީނުގެ އިބްރާހީމް ޙޫދެވެ. މީޑިއާއަށް އާ މޫނެކެވެ.

ރައީސް ޞާލިހް ވެރިކަމުގެ ހުވާ ކުރެއްވުމާ ހަމަޔަށް މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވަނީ މީޑިއާތަކާ ވަރަށް ގާތް ގުޅުމެއް ބާއްވައި، ޓްރާންސިސަން މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ދުވަހުން ދުވަހަށް މީޑިއާތަކާ ހިއްސާ ކުރައްވާފައެވެ. ރައީސް ޞާލިހް ވެރިކަމުގެ ހުވާ ކުރައްވައި މާރިޔާ މިނިސްޓަރ ކަމާ ހަވާލުމަށް ފަހުވެސް އެކަމަނާ ސަރުކާރުގެ ބައެއް ކަންކަން ސާފު ކޮށްދޭންޖެހުނެވެ. މީޑިއާތަކަށް ސަރުކާރުގެ ތަރުޖަމާނަކު ނެތި ރައީސުލްޖުމްހޫރީޔާގެ ނަންފުޅު ލިޔާނެ ގޮތް ކަނޑަނޭޅިވެސް ދުވަސްތަކެއް ދިޔަކަން ފާހަގަކޮށްލަންޖެހެއެވެ.

މީޑިއާތަކުގެ ޝަކުވާ ބޮޑުވެ ރައީސް ގެ ވިސްނުންފުޅާއި، ސަރުކާރުގެ ބަސް ހޯދުމަށް ދާންޖެހޭ ފަރާތެއް ނޭގި މީޑިޔާތަކުގެ ޝަކުވާތަކާއެކު، ސަރުކާރުގެ "ތަރުޖަމާނު"ގެ މަޤާމުގެ މަސްއޫލިއްޔަތު އުފުއްލަވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްކަން 29 ނޮވެންބަރ 2018 ވަނަ ދުވަހު ރައީސް އޮފީސް ވެބްސައިޓުން ހާމަކުރެއްވިއެވެ.

ސަރުކާރުގެ 30 ދުވަސް ނިމިގެން ދިޔަ އިރު މިހާތަނަށް ތަރުޖަމާނު މީޑިއާތަކާ ބައްދަލު ކުރައްވާފައެއްނުވެއެވެ.

ރާއްޖެ ޗައިނާ އަދި އިންޑިއާގެ ގުޅުމާއި ގުޅުވައި ކުރީގެ ރައީސުން ސަރުކާރުގެ ފަރާތުން ބަސް ބުނެ ސަރުކާރުގެ ފޮރިން ޕޮލިސީ އަކީ ކޮބައިކަން އޮޅޭ ހިސާބަށް ދިޔަ އިރުވެސް ސަރުކާރުގެ ބަހެއް މިކަމަށް ވެސް ލިބިފައި ނުވެއެވެ.

އެގޮތުން ކުރީގެ ރައީސް ނަޝީދު ރާއްޖެ ޗައިނާ އާއި ގުޅުން ހުރި އިންވެސްޓްމަންޓްތަކާ އަދި ލޯނާ ބެހޭ "ހައްސާސީ" ވާހަކަތައް ދައްކަމުން ދިޔަ އިރު އެމައްސަލަތަކުގައި ސަރުކާރުގެ ބަހަކީ ކޮބައިކަމެއް ރައީސް އޮފީހުގެ ތަރުޖަމާނަށް ސާފުކޮށް ދެވޭވަރެއްނުވެއެވެ.

ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއްކަމުން ކޯލިޝަން ސަރުކާރެއްކަމުގައި ވިޔަސް، ކޯލިޝަން ޕާޓީތަކުގެ ލީޑަރުންގެ ބަހަކީ ސަރުކާރުގެ ބަސްކަމުގައި ބެލޭނެ ޖާގައެއްނެތުމުން ރައީސް ޞާލިހް ގެ ތަރުޖަމާނު މިފަދަ ހުރިހާ ކަމެއް ރައްޔިތުންނަށް ސާފުކޮށްދޭންޖެހެއެވެ. ރިޔާސީ ނިޒާމުގައި ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމުގެ އެންމެ އިސް ފަރާތަކީ ރައީސުލްޖުމްހޫރީޔާކަމުންނެވެ.

މިކަމުގެ ފައިދާ އިދިކޮޅު ފަރާތްތަކުން ނަގައި، ސަރުކާރުގެ މައްޗައް އެކި ކަންކަމުގައި ދަނީ ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ. ޙާއްސަކޮށް އަވައްޓެރި އިންޑިއާއާއި މިސަރުކާރުން ބާއްވަމުން އަންނަ ގުޅުން ކިލަނބުވާފަދަ އެތައްކަމެއް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ. އިންޑިއާއިން ރާއްޖޭގައި މިލިޓަރީ ބޭސް އަޅާ ވާހަކަ އާއި، އިންޑިއާއަށް ރާއްޖޭގެ ބައިނަލް އަގުވާމީ އެއާޕޯޓާއި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ވިއްކާލަން އުޅޭ ވާހަކަ މިއީ އިދިކޮޅު ޕީޕީޢެމް އިން ކުރަމުނެ ގެންދާ ތުހުމަތުތަކެވެ.

މިހާތަނަށްވެސް ސަރުކާރުގެ ބަސް ރައްޔިތުންނަށް ތަރުޖަމާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިބްރާހިމް ހޫދަށް ވަނީ ނުކުޅެދިފައެވެ.

މީޑިއާތަކަށް ފެންނަ ގޮތަކަށް ހަބަރު ފަތުރަން ފެށުމުގެ ނަތީޖާއަކީ ސަރުކާރުގެ ތަސައްވަރު ރައްޔިތުންގެ ކުރިމަތީ މި ކުރު 30 ދުވަހު ކިލަނބުވުމެވެ.

ސަރުކާރުން ރައްޔިތުންނަށް ކުރައްވަން ގަސްތުކުރައްވާ ކަންކަމާއި، ދުވަހުން ދުވަހަށް ރައްޔިތުންނަށް ލިބެން ޖެހޭ މައުލޫމާތު ލިބުން ވަނީ ވަރަށް ދަތިކަމަށް ވެފައެވެ.

ރައީސް ޞާލިހް އަމިއްލަ ފުޅު ޓުވިޓާ އެކަންއުންޓުން ރައީސުލްޖުމްހޫރީގެ ބަޔާންތައް ނެރެ، ރައީސް އަދި ސަރުކާރުގެ ބަސް ރައީސްގެ އަމިއްލަފުޅު ޓުވިޓާ އެކައުންޓުން ޓުވީޓުކުރެއްވުމަކީ މިބުނެވުނު ވާހަކަތަކަށް ބާރުލިބޭ އެއްހެއްކެވެ.

ފާއިތުވި ދެތިން ދުވަހު ރާއްޖެ ސިއްސުވާލި ހާދިސާއާއި ގުޅިގެން ތަރުޖަމާނު ހަނު ހުންނެވި އިރު އެކަމަށް ވެސް ބަސް ބުނަން ނިކުންނަވަން ޖެހިވަޑައިގެންނެވީ ރައީސުލްޖުމްހޫރީޔާއެވެ. ޕްރައިވެޓް ޓުވިޓާ މެދުވެރިކޮށެވެ.

ސަރުކާރުގެ 30 ދުވަސް ނިމި ދިޔަ އިރު ރައީސް ޞާލިހް ރައީސުލްޖުމްހޫރީޔާގެ ހައިސިއްޔަތުން މީޑިއާތަކާއި ބައްދަލުކުރައްވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންކަން ފާހަގަކޮށްލަންޖެހެއެވެ.

ބޮޑު އިންޑިއާ ދަތުރު ނިމިގެންދިޔަ އިރު ރާއްޖޭގެ މީޑިއާތަކުގައި އެކި ވާހަކަ އެކިގޮތްތޮތައް ދެކެވެމުން ދެއެވެ. ލޯނުގެ ވާހަކަތަކެއް ދެކެވޭއިރު އެކަމުގެ ތަފްސީލްއެއް ރައްޔިތުންނަށް ސަރުކާރުން ވަނީ ސާފުކޮށްދެވޭގޮތް ނުވެފައެވެ. މިލިޓަރީ ގުޅުމުގެ އެއްބަސްވުމެއްގައި ސޮއި ކުރިކަމަށް ރާއްޖޭގެ މީޑިއާއެއްގައި ދެކެވެމުން ދާވާހަކައިގެ ތެދު ދޮގު ހާމަކުރުމަށްވެސް ރައީސް ޞާލިހްގެ ތަރުޖަމާން އިބްރަހިމް ހޫދަށް ވަނީ ނުކުޅެދިފައެވެ. ސަރުކާރުގެ ބަސް ރައީސް ޝާލިހްގެ ޓުވީޓަކުން ލިބޭނެކަމުގެ އުންމީދުގައި ރައްޔިތުންމިއަދު މިވަނީ ތިބެންޖެހިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...