ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރ ސިފައިންގެ އިސްވެރިންނާއި އެކު!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރގެ މަގާމަށް ފުރަތަމަ ފަހަރަށް ވަޑައިގެންނެވި އަންހެން ބޭފުޅާ ކަމުގައިވާ އަލްއުސްތާޛާ މާރިޔާ ދީދީ، ސިފައިންގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ މިއަދުގެ ވަގުތެއްގައި ބަންޑާރަ ކޮށީގައެވެ. މިއީ މަގާމާއި ހަވާލުވެ ވަޑައިގެން، ސިފައިންގެ އިސްވެެރިންނާއި ރަސްމީ ހައިސިއްޔަތުން މާރިޔާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި ތަފާތު ޔުނިޓްތަކާއި ސެކްޝަންތަކުގެ ކޮމާންޑަރުން ބައިވެެރިވި މި ބައްދަލުވުމުގެ އިތުރު ތަފްސީލެއް އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެއެވެ.
ރޭގައި އިފްތިތާހުކުރެވިގެންދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަކީ، މިހާތަނަށް އެންމެ ގިނަ އަންހެން ވަޒީރުން ހިމެނޭ ކެބިނެޓެވެ. މި ކެބިނެޓުގައި މާރިޔާގެ އިތުރުން ހަ އަންހެން މިނިސްޓަރުން ތިއްބަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް