ރައީސް ޔާމީންގެ ފްރީޒްކުރި އެކައުންޓްތަކުގައި 100މިލިޔަނަށް ވުރެ ގިނަ ރުފިޔާ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ތަހުގީގުކުރަމުންދާ މައްސަލަަައަކާއި ގުޅިގެން ފްރީޒްކޮށްފައިވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތަކުގައި ޖުމްލަކޮށް 100މިލިޔަނަށްވުރެ ގިނަ ރުފިޔާ ހުރިކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވައިގެން އެމަނިކުފާނު ހިންގެވި ނަހަމަ މާލީ މުއާމަލާތްތަކުގެ މައްސަލައިގެ ތަހުގީގަށް، މިއަދު ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށްފަހު ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ފުލުހުން ބުނީ އެމަނިކުފާނު މިއަދު ތަހުގީގަށް ހާޒިރުކުރެވިފައިވަނީ ދައުލަތުގެ އިދާރާތަކުން ހުށައަޅާފައިވާ ޝައްކުކުރެވޭ މާލީ މުއާމަލާތްތަކުގެ ރިޕޯޓްތަކާއި، މައްސަލަތަކާއި ގުޅިގެން ކަމަށެވެ.
އެމަނިކުފާނުގެ ނަންފުޅުގައި ރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަށް އެމަނިކުފާނުގެ ވެރިކަމުގެ ފަސްއަހަރުގެ ތެރޭގައި އެކި ފަހަރުމަތިން ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، އެފައިސާއިން މުއާމަލާތްކޮށްފައިވާކަންވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އަދި މި މައްސަލައިގެ ތަހުގީގަށް ހިފެހެއްޓުނު އެމަނިކުފާނުގެ ޑޮލަރު އަދި ރުފިޔާ އެކައުންޓްތަކުގައި ހުރި ފައިސާގެ ޖުމްލަ އަދަދު، ދިވެހި ފައިސާއިން ޖުމްލަ 100މިލިޔަން ރުފިޔާއަށްވުރެ މައްޗަށް އަރާކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ. މިއީ 6.5 މިލިޔަނެއްހާ ޑޮލަރުކަން ފާހަގަކޮށްލެވެއެވެ.
މި ބަޔާން ނިންމާލަމުން މިއަދުގެ ތަހުގީގަށް ރައީސް ޔާމީން އެއްބާރުލުން ދެއްވިކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް