އަބްދުއްރަހުމާންބެ މަރާލުން: ޕޯސްޓްމޯޓަމް ހަދަން ނިންމި ސަބަބު ސާފުކޮށްދީފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އއ.މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް (65 އަހަރު) ގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމި ސަބަބު ފުލުހުން ސާފުކޮށްދީފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ނިންމުމަކީ، މަރުގެ ސީދާ ސަބަބުން ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ރޭ ދަންވަރު ހިނގި މި ހާދިސާގައި، ގޭގައި ނިދާފައި އޮއްވާ ޢަބްދުއްރަޙްމާން އާދަމް އަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ރޭ ފަތިހު ވަނީ މަރުވެފަ އެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އިތުރު ތަހުލީލުތައް ހެދުމަށާއި ޕޯސްޓް މޯޓަމް ހެދުމުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މާޅޮހަށް ގޮސް ވަނީ ތަހުގީގު ކުރިއަށް ގެންގޮސްފަ އެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފަ އެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް