ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ނުނަގަން ފާސްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދަނޑުވެރިކަމުގެ މަސައްކަތްތަކުގައި ބޭނުންކުރުމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓް ޑިއުޓީ ނެގުން ހުއްޓާލުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިވަގުތު ދިހަ ޕަސެންޓްގައި ޑިއުޓީ ނަގަމުންދިޔަ ބާވަތްތަކުން ޑިއުޓީ ނެގުން ހުއްޓާލުމަށް ހުށައަޅާފައިވަނީ ސަރުކާރުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލް ހުށައަޅުއްވާފައިވަނީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އެވެ.
އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި މި އިސްލާހު ފާސްކޮށްފައިވަނީ ކޮމެޓީގައި މި ބިލް ދިރާސާކޮށް ނިންމެވި ގޮތަށެވެ. މި ބިލް ފާސްކޮށްފައިވަނީ 56 މެންބަރުންގެ ވޯޓުންނެވެ.
މި ބިލަށް އަމަލުކުރުން ފެށުމަށް ނިންމާފައިވަނީ މި ބިލް ތަސްދީގުކުރެވޭ ހިސާބުންނެވެ.
ދަނޑުވެރިންގެ ބޭނުންތަކަށް އެތެރެކުރެވޭ މުދަލުން ނެގޭ ޑިއުޓީ ކަނޑާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް