ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ
ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ
ދުނިޔެ 12 Jul 2026 | 10:43

ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވެއްޖެ

ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ، އުމުރުފުޅުން 74 އަހަރުގައި އަވަހާރަވެއްޖެއެވެ.

ޤަޠަރުގެ ރަސްމީ އިދާރާ، އަމީރީ ދީވާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝައިޚް ޙަމަދު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

މި  ޚަބަރު އިޢުލާން ކުރަމުން އަމީރީ ދީވާނުން ބުނެފައިވަނީ، މިއަދު މި ގެއްލިގެން ދިޔައީ މުޅި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި މިއީ ލިބުނު ބޮޑު ހިތާމައެއް ކަމަށެވެ.

ޝެއިޚް ހަމަދު އަކީ 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ޤަޠަރުގެ އަމީރުކަން ކުރެއްވި ބޭފުޅާއެވެ. އެމަނިކުފާނު ވެރިކަން ދޫކޮށްލެއްވީ 2013 ވަނަ އަހަރު، ހަތަރުވަނަ ދަރިކަލުން ތަމީމް ބިން ޙަމަދު އާލްޘާނީއާ ވެރިކަން ޙަވާލުކުރެއްވުމަށްފަހުގައެވެ. ޤަޠަރުގެ ސަރުކާރުން އެމަނިކުފާނަށް ނިސްބަތްކޮށް ކިޔައި އުޅެނީ "ފާދަރ އެމީރު" (އަމީރުންގެ ބާނީ) އެވެ.

އަމީރުގެ ހައިސިއްޔަތުން ޙަމަދު ޤަޠަރުގައި ވެރިކަން ކުރެއްވީ ދައުލަތުގެ ހުރިހާ ބާރުތަކެއް އޮންނަ މުޠުލަޤު ރަސްކަމެއްގެ ގޮތުގައެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް ސިޔާސީ ޕާޓީއަކަށް ހަރަކާތްތެރިވުމުގެ ފުރުޞަތެއް ނޯވެއެވެ.

ޙަމަދުގެ 18 އަހަރުވީ ދިގު ވެރިކަމުގައި، ޤަޠަރުގެ ގޭސް އުފައްދާ މިންވަރު 77 މިލިއަން ޓަނަށް އިތުރުވެގެންދިޔައެވެ. މީގެ ސަބަބުން، ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތުން ޤަޠަރަކީ ދުނިޔޭގެ އެންމެ މުއްސަނދި ޤައުމަށް ވެގެންދިޔައެވެ. އެގޮތުން އަހަރަކު މީހަކަށް ޖެހޭ އެވްރެޖް އާމްދަނީ 86,440 އެމެރިކާ ޑޮލަރަށް އެރިއެވެ.

އެމަނިކުފާނުގެ ޒަޢާމަތުގައި ކުޅިވަރާއި ޚާރިޖީ ދާއިރާގެ ބޮޑެތި ހަރަކާތްތަކެއް ޤަޠަރުގައި ބޭއްވުނެވެ. މީގެ ތެރޭގައި 2006 ވަނަ އަހަރުގެ އޭޝިއަން ގޭމްސް، 2012 ވަނަ އަހަރުގެ އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސް، ދޯހާ އެއްބަސްވުން، ފަތަޙަ-ޙަމާސް ދޯހާ އެއްބަސްވުން، އަދި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުޞަތު ހޯދުން ހިމެނެއެވެ.

މީގެ އިތުރުން، އެމަނިކުފާނު ވަނީ ޤަޠަރު އިންވެސްޓްމަންޓް އޮތޯރިޓީ (ކިއު.އައި.އޭ) އުފައްދަވާފައެވެ. 2013 ވަނަ އަހަރާ ހަމައަށް އައިއިރު، އެ އޮތޯރިޓީ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 100 ބިލިއަނަށްވުރެ ގިނަ ޑޮލަރު އިންވެސްޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި "ދަ ޝާޑް" އިމާރާތް، ބާކްލީސް ބޭންކް، ހީތުރޯ އެއާޕޯޓް، ހެރޮޑްސް، ޕެރިސް ސެއިންޓް ޖާމަން ކްލަބް، ވޮކްސްވޭގަން، ސީމެންސް އަދި ރޯޔަލް ޑަޗް ޝެލް ފަދަ މަޝްހޫރު ކުންފުނިތަކާއި ތަންތަން ހިމެނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި
22 Nov 2026 ދުނިޔެ

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި

2035 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް ދިރާސާއަކުން ދެއްކުމާ ގުޅިގެން، ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް އެމެރިކާގެ ކުރީގެ ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ކްރިސްޓިއަނުންނަށް ގޮވާލައިފިއެވެ.

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި
22 Nov 2026 ދުނިޔެ

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި

އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓް، ބެންޖަމިން ނަތަންޔާހޫގެ ކަނާތުފިޔައިގެ ލިކުޑް ޕާޓީއާ އެކު ކޯލިޝަން މަޝްވަރާތައް ފެށުމަށް ދައުވަތު ދީފިއެވެ.

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ
22 Nov 2026 ދުނިޔެ

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ

އުމުރުން ދުވަސްވާއިރު ދީނީ އަދި ރޫޙާނީ ކަންކަމަށް ލޯބިކުރާ މީހުންނަށް ދިރިއުޅުމުގައި ލިބޭ އުފާވެރިކަމާއި، ދިރިއުޅުމުގެ ފެންވަރު މާ ބޮޑަށް ރަނގަޅު ކަމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.

ޤަޠަރާއި ތުރުކީން އަސްކަރީ އެއްބާރުލުމުގެ ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފި
14 Nov 2026 ދުނިޔެ

ޤަޠަރާއި ތުރުކީން އަސްކަރީ އެއްބާރުލުމުގެ ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފި

މި އެއްބަސްވުމުގެ ދަށުން، ދެ ގައުމުން ކުރެ ކޮންމެ ގައުމެއްގެ އިސްތިގުލާލަށް ބޭރުގެ އެއްވެސް އުދުވާނެއް ނުވަތަ ހަމަލާއެއް އަމާޒުވެއްޖެ ހާލަތެއްގައި، ގުޅިގެން އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވަނީ އިގުރާރުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
14 Jul 2026 ހަބަރު

ރައީސުލްޖުމްހޫރިއްޔާ، ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ޤަޠަރުގެ ކުރީގެ އަމީރު،   ޝައ...

ޤަޠަރުގެ އަމީރު، ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރައްވައިފި
13 Jul 2026 ހަބަރު

ޤަޠަރުގެ އަމީރު، ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރައްވައިފި

ޤަޠަރުގެ އަމީރު، ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވައިފި އެވެ. މިއަދު މެންދުރުފަހު، ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައި ކުރ...

ޤަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރި ކުރަނީ
13 Jul 2026 ހަބަރު

ޤަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރި ކުރަނީ

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމުގެ ހިތާމައިގައި، އެއް ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ސަރުކާރުން ނިންމައިފިއެވެ. މި ކަން އިޢުލާންކުރައްވާފަ...

ރަސްމީދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ފުރާވަޑައިގެންފި
13 Jul 2026 ހަބަރު

ރަސްމީދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ފުރާވަޑައިގެންފި

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވުމާ ގުޅިގެން، އެ ޤައުމުގެ ޝާހީ ޢާއިލާއަށް ތައުޒިޔާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ޤަޠަރަށް...