ބާރަަށަށް ފަތްބޮނޑިތަކެއް ލެއްގުން، މަސްތުވާ އެއްޗެއް ކަމަކަށް ނުބެލެވޭ
ހއ. ބާރަށު ފުއްޓަރު ފަރާތަށް ފަތްބޮނޑި ތަކެއް ލައްގައިފި އެވެ.
ފުލުހުން ބުނީ އެ ރަށު ފުއްޓަރު ފަރާތަށް ބޮނޑިބޮނޑިއަށް ބަދެފައި ހުރި ފަތްބޮނޑިތަކެއް ލައްގާފައިވާ ކަމަށެވެ. އެކަމުގެ ރިޕޯޓް ލިބުނީ މިއަދު 4:15 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މި ތަކެއްޗަކީ މަސްތުވާ ޒާތުގެ އެއްޗެއް ކަމަށް ނުބެލެވޭ ކަމަށެވެ.
މީގެ ކުރީ އަހަރުތަކުގައި ވެސް މިފަދަ ފަތްބޮނޑިތަކެއް އެކި ރަށްރަަށަށް ލައްގާފައިވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް