ސްމިތް ދޫކޮށްލުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރެއްކަމުގައިވާ އަހުމަދު ސިއްދީގަށް ހަމަލާދިންކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާޝިމް (ސްމިތް) ދޫކޮށްލުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިފަދައިން ގޮވާލައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އެކްޓިވިސްޓް ސްމިތް، ޕީޕީއެމްގެ އެކްޓިވިސްޓް ސިއްދީގުގެ ރިޕޯޓަކަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. ސިއްދީގުގެ ބަހުގެ ހަމަލާތަކާއި އަނގަ ހުތުރުކަމަކީ މުޅި ޓްވިޓަރއަށްވެސް މަޝްހޫރު ވާހަކައެއްގެ ގޮތުގައި ރައީސް ނަޝީދު ވަނީ ސިފަކުރައްވާފައެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ، ފުލުހުންވެސް މިބާވަތުގެ ކަންކަން ކުރައްވަން ވާނީ ދެކޮޅު ބަލާފައިކަމަށެވެ. އަދި އަލީ ހާޝިމް ދޫކޮށްލުމަށް އެދޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ސްމިތްއަށް ހަތްދުވަހުގެ ބަންދުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖަހާފަައިވާއިރު، ސްމިތް ދޫކޮށްލުމަށް ސޯޝަލް މީޑިޔާގައި ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ. އަދި ސްމިތް ދޫކޮށްލުމަށް އެދި އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ މިއަދު ހަވީރު މާލޭގައި ކުޑަ ހިނގާލުމެއްވެސް ބާއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް