ލޮރީއަކުން ޖެހި މީހަކަށް ވަަރަށް އަނިޔާވެއްޖެ، ހާލު ސީރިއަސް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ލޮރީއަކުން ޖެހި މީހަކަށް ވަަރަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ކ. ތިލަފުށީގައި އެކްސްކަވޭޓާ އެއް ކައިރީގައި މަސައްކަތް ކުރަން ހުރި މީހެއްގެ ގައިގައި ލޮރީއަކުން ޖެހި ވެއްޓި އެ މީހާގެ ގައިމަތީން ލޮރީ ގޮސްފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 2:15 ހާއިރު އެވެ.
އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ލަންކާގެ ފިރިހެނަކަށެވެ. އެމީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން ކަމަށާ ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ލޮރީ ދުއްވަން އިން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ. ލޮރީ ވަނީ ޓޯ ކޮށްފަ އެވެ.
އެއީ އިންޑިއާގެ މީހެއް ކަމަށް ވެސް ބުންޏެވެ. ފުލުހުން ބުނީ އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް