ރޮނާލްޑޯ އަލް ޝަބާބު ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ރޮނާލްޑޯ އަލް ޝަބާބު ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު 27 Feb 2024 | 07:46

ރޮނާލްޑޯ ދެ މެޗަށް ސަސްޕެންޑްކޮށް ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފި

ސައުދީ ފުޓްބޯޅަ ފެޑަރޭޝަނުން އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެ މެޗަށް ސަސްޕެންޑްކޮށް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވާކަމަށް ޑެއިލީ މެއިލް އިން ރިޕޯޓް ކޮށްފިއެވެ.

ސައުދީ މީޑިއާތަކާއި ހަވާލާދީ ޑެއިލީ މެއިލް އިން ރިޕޯޓް ކޮއްފައިވާ ގޮތުގައި ރޮނާލްޑޯ އާއި މެދު ސައުދީ ފުޓްބޯޅަ ފެޑަރޭޝަނުން އެފަދަ ނިންމުމެއް ނިންމާފައިވަނީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗަށްފަހު އަލް ޝަބާބުގެ ސަޕޯޓަރުނާއި ދިމާލަށް އިޝާރާތްކޮށް ކުޅިވަރުގެ ރޫހާ ހިލާފު އަމަލެއް ހިންގާފައި ވާތީއެވެ.

ލީގުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި އަލް ޝަބާބު އާއި ދެކޮޅަށް އަލް ނަސްރު ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން އެޓީމު ކާމިޔާބުކުރި އިރު، އަލް ނަސްރުގެ ފުރަތަަމަ ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މެޗު ފެށުނީއްސުރެ އަލް ޝަބާބުގެ ކުޅުންތެރިން ދިޔައީ ރޮނާލްޑޯ އާއި ދިމާކޮށް ފުރައްސާރަކުރަމުންނެވެ. އެގޮތުން ރޮނާލްޑޯއަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކު މެސީގެ ނަމުން ގޮވައި ޖެއްސުން ކުރުމުގެ ނަތީޖާއަކަށް ވީ މެޗުގެ ފަހު ކަށިގަނޑާއެކު ރޮނާލްޑޯ ވަނީ އަލް ޝަބާބުގެ ސަޕޯޓަރުނާއި ދިމާލަށް އިޝާރާތްކޮށް ކުޅިވަރުގެ ރޫހާ ހިލާފު އަމަލެއް ހިންގާފައެވެ.

މި ސަސްޕެންޝަނާއި އެކު ލީގުގައި މިހަފްތާގެ ބްރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލް ހަޒަމް އާއި ދެކޮޅަށް ކުޅޭ މެޗާއި އޭއެފްސީ ޗެންޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަަމަ ލެގުގައި ޔޫއޭއީގެ އަލް އައިން އާއި ދެކޮޅަށް އަލް ނަސްރު ކުޅޭ މެޗުގައި ރޮނާލްޑޯއަށް ނުކުޅެވޭނެއެވެ.

ސައުދީ ލީގުގައި ކޮންމެ ޓީމަކުން 21 މެޗު ކުޅެފައިވާއިރު ލީގު ތާވަލްގެ ކުރީގައި މިވަގުތު އޮތީ މެޗަކުން ބަލިނުވެ، 59 ޕޮއިންޓާއެކު އޮތް އަލް ހިލާލް އެވެ. ދެވަނަގައި އޮތް އަލް ނަސްރަށް 21 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގަ އެވެ.ޕ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...