މުހައްމަދު އިސްމާއީލް ގެ ކެންޑިޑެސީ ފޯމު އިލެކްޝަން ކޮމިޝަން (އީސީ) އާއި ހަވާލުކުރަނީ
މުހައްމަދު އިސްމާއީލް ގެ ކެންޑިޑެސީ ފޯމު އިލެކްޝަން ކޮމިޝަން (އީސީ) އާއި ހަވާލުކުރަނީ
ހަބަރު 13 Feb 2024 | 18:57

ގިނަ ބައެއްގެ ތާއީދާއިއެކު މުހައްމަދު އިސްމާއީލް ގެ ކެންޑިޑެސީ ފޯމު ހުށައަޅައިފި

ގިނަ ބައެއްގެ ތާއީދާއިއެކު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރުމަށް މުހައްމަދު އިސްމާއީލް ގެ ކެންޑިޑެސީ ފޯމު އިލެކްޝަން ކޮމިޝަން (އީސީ) އާއި ހަވާލުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުގެ ފަރާތުން މި ފޯމާއި ހަވާލުވެވަޑައިގަތީ އެ ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގެ އެވެ.

ފޯމު ހުށައެޅުމަށްފަހު ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައި މުހައްމަދު އިސްމާއީލް ވިދާޅުވީ، ވިލިމާލޭގެ ރައްޔިތުން ތިބީ މިހާރު އެއޮތް މަރުހަލާއިން އެހެން މަރުހަލާ އަކަށް ގެންދިޔުމަށް ބޭނުންވެފައި ކަމަށާއި،ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން އެ ދާއިރާ އަށް ކުރިމަތި ލުމަށް ރައްޔިތުން އެދުނު ކަމަށެވެ.

މުހައްމަދު އިސްމާއީލް ވިދާޅުވީ ވިލިމާލޭގެ އެކި އުމުރުފުރާ ތަކާއި ގުޅޭ ތިމާވެއްޓާއި ރައްޓެހި މާހައުލެއް ދަމަހައްޓައިދީ، ރައީސް ޑރ.މުއިއްޒުގެ ތަރައްގީއަށް ވިލިމާލޭ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވަދޭނެ ކަމަށެވެ.

" އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް މުސްތަގުބަލުގައި ކުރިއަށް މިހިނގާ ރައްޔިތުންގެ މަޖިލީހުގައި ، އަޅުގަނޑަށް ރައްޔިތުންގެ މަސައްކަތުން، اللهގެ ރަޙްމަތްފުޅުން ކާމިޔާބު ލިބިއްޖެ ކަމަށްވާނަމަ، އަޅުގަނޑު ވިލިމާލޭގެ ރައްޔިތުން ބޭނުންވާ ތަފާތު ހެޔޮ ބަދަލެއް އަޅުގަނޑު ގެނެސްދޭނަން."

މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި 69 ޕަސެންޓް ލިބިވަޑައިގަތް، މުހައްމަދު އިސްމާއީލަކީ ވިލިމާލެ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ރައީސް ގެ މަގާމުގައި ހުންނެވި ބޭފުޅާ ކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

މުހައްމަދު އިސްމާޢީލް، މަލީހަށް: އިއްޔެއާއި މިއަދުވެސް ތިޔަ ކިޔުއްވާ ހަޑިމުޑުދާރު އެއްޗެހި ކިޔުމުގެ އަސްލު ވަރަށް ސާފު
02 Aug 2024 ހަބަރު

މުހައްމަދު އިސްމާޢީލް، މަލީހަށް: އިއްޔެއާއި މިއަދުވެސް ތިޔަ ކިޔުއްވާ ހަޑިމުޑުދާރު އެއްޗެހި ކިޔުމުގެ އަސްލު ވަރަށް ސާފު

ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ، މުހައްމަދު މަލީޙް ޖަމާލް، ރަޢީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަށް ވިލިމާލޭ ދާއިރ...