ގެއްލިގެން ހޯދަމުންދިޔަ އިގްބާލު ފެނިއްޖެ، ހާލު ރަނގަޅު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު އިޤްބާލް ފެނިއްޖެ އެވެ.
ފެނުނުއިރު އޭނާގެ ހާލު ރަނގަޅެވެ.
ފުލުހުން ބުނީ އިޤްބާލް ފެނިފައިވަނީ މިއަދު ހެނދުނު 06:53 އެހައިކަންހާއިރު، އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮތް ބޮއެއް ކައިރީ އޮއްވާ ކަމަށެވެ. އޭނާ ފެނިފައިވަނީ، ހޯދުމުގެ މަސައްކަތަށް މިއަދު ހެނދުނު ރ. ވާދޫން ނުކުތް ބަޔަކަށެވެ.
މި މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، އަދި އެ މީހާ ހޯދުމުގެ މަސައްކަތުގައި އެކި ގޮތްގޮތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް